ގާނޫނު އަސާސީއަށް ގެންނަ ބަދަލުގެ ދަށުން، އަންނަ އަހަރު އަތޮޅު ކައުންސިލް އުވާލަން ނިންމާފައިވާ ކަމަށް ރައީސުލްޖުމުހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ އަތޮޅުތަކަށް ކުރައްވާ ސިލްސިލާ ދަތުރުފުޅުގެ ތެރެއިން ޅ އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ،އަތޮޅު ކައުންސިލްތައް އުވާލުމުން ލިބޭ ފައިސާ ބަހާލާނީ،ރައްރަށުގެ ކައުންސިލްތަކުގެ ބަޖެޓުގެ ތެރެއިން ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ކުރުމަށް ކަމަށެވެ.މީގެއިތުރުން، އަތޮޅު ކައުންސިލް އުވާލީމަ، އިތުރުވާ ފައިސާ ހޭދަކުރާނީ ރައްޔިތުންގެ އިޖްތިމާއީ ކަންކަމަށް ފަހިވާނެ ގޮތަށް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ހަމަމިއާއެކު،ކައުންސިލްތަކަށް އިތުރުވާ ބަޖެޓު ހަމަޖައްސާނީ، ކޮންމެ ރަށެއްގެ ކައުންސިލްތަށް މެދުވެރިކޮށް، އެ ރަށެއްގައި އުޅޭ އިޖްތިމާއީ ގޮތުން އެހީ ބޭނުންވާ ފަރާތްތަކަށް އެހީ ތެރިކަން ދެވޭ ގޮތަށް ލާޒިމް ކޮށްގެން ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
 
                
             
            