މޯލްޑިވްސް އިމިގްރޭޝަނުން 70 އިމިގްރޭޝަން އޮފިސަރުން ހޯދުމަށް ވޯކް-އިން އިންޓަވިއުއެއް ބޭއްވުމަށް ނިންމައިފިއެވެ.

އިމިގްރޭޝަނުން ބުނެފައިވާ ގޮތުގައި މި ވޯކް-އިން އިންޓަވިއު އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 08:30 އިން ހަވީރު 16:30 އަށެވެ. މި މަޤާމުތަކަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނީ ވަރަށް ހަރުދަނާ އުސޫލުތަކެއްގެ މަތިންނެވެ. އެގޮތުން، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަވިއުއަށްފަހު، މުވައްޒަފުން ހޮވުމަށް ބޭއްވޭ އިމްތިޙާނު އޮންނާނީ ނޮވެމްބަރު 4 އާއި 8 އާ ދެމެދުގެ ދުވަހެއްގައެވެ. މި އިމްތިޙާނަކީ ވަޒީފާއަށް އެދޭ ފަރާތްތަކުގެ ޤާބިލުކަން އިތުރަށް ބެލުމަށް ބޭއްވޭ އިމްތިޙާނެކެވެ. މި ދެ މަރުޙަލާ ކާމިޔާބުކުރާ ފަރާތްތަކަށް އިމިގްރޭޝަން އޮފިސަރުގެ މަޤާމު ލިބިގެންދާނެއެވެ. އިމިގްރޭޝަނުން އުންމީދުކުރަނީ މިކަމުގެ ސަބަބުން އިދާރާގެ ހިދުމަތްތައް އިތުރަށް ހަރުދަނާވެ، ރައްޔިތުންނަށް ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށެވެ.