ރިސޯޓްތަކުން އުކާލާ ތެޔޮ ބޭނުންކުރާނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެޗް.ޕީ.އޭއިން ދީފިއެވެ.
ބައެއް ފަރާތްތަކުން ރިސޯޓްފަދަ ތަންތަނުން އުކާލާ ތެޔޮ ބޭނުން ކުރާ ކަމުގެ ޝަކުވާ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗް.ޕީ،އޭ)އަށް ލިބޭކަމަށް އެފަރާތުން ބުނެފިއެވެ.
އަދި މިހެން މިކަން ކުރުމަކީ ސިއްހަތަށް ބޮޑެތި ނުރައްކާތަށް ކުރިމަތި ވެދާނެ ކަމެއް ކަމުން ކުރިން ވެސް އެއީ މަނާ ކަމެށް ކަމުގައި އަންގާފައި ވާނެ ކަމަށާއި އެހެންނަމަ ވެސް ބައެއް ފަރާތްތަކުން އަދިވެސް މިކަން ކުރަމުން އަންނަ ކަމުގެ ޝަކުވާ ލިބޭކަމަށް އެޗް.ޕީ.އޭއިން ބުނެފިއެވެ.
މި ތެލުގައި ”ކާބޯތަކެތީގައި ހުންނަން ޖެހޭ އާންމު ޝަރުތުތަށް“ ފުރިހަމަ ނުވާނެ ކަމަށާއި ރިސޯޓްފަދަ ތަންތަނުން އުކާލާ ތެލަކީ އޭގައި ހަލާލު ނޫން އެއްޗެއް ތައްޔާރު ކޮއްފައިވާ ތެލަކަށް ވެސް ވުން އެކަށީގެން ވާތީއެވެ.
އެހެން ކަމުން ކާބޯތަކެތި ތައްޔާރުކުރުމަށް ފަހު އުކާލާ ތެޔޮ ބޭނުން ނުކުރުމަށް ވަނީ އަންގާފަ އެވެ. އެހެންކަމުން މިގޮތަށް އެއްފަހަރު ބޭނުން ކޮއްފައި ހުންނަ ތެޔޮ ވިއްކާ، ބޭނުންކުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެނސީއިން ވަނީ އިންޒާރު ދީފައެވެ.