އުނގޫފާރު ކައުންސިލުން ކަނބަލުންނަށް ހާއްޞަކޮށްގެން މަސްކެނޑުމުގެ މުބާރާތެއް ބާއްވަން ނިންމައިފިއެވެ.
އުނގޫފާރު ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ އެ ކައުންސިލާއި އުނގޫފާރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ގުޅިގެން ކަނބަލުންނަށް ހާއްޞަކޮށްގެން މަސްކެނޑުމުގެ މުބާރާތެއް ބާއްވަން ނިންމާފައިވާ ކަމަށެވެ.
މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 2025 ޑިސެމްބަރ 6 ވާ ހޮނިހިރު ދުވަހުއެވެ.
އެ ކައުންސިލުން ވަނީ މި މުބާރާތުގައި 18 އަހަރުން މަތީގެ ހުރިހާ ކަނބަލުންނަށް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައެވެ.
އެހެންކަމުން މި މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2025 ނޮވެމްބަރ 10 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު އުނގޫފާރު ކައުންސިލް އިދާރާއަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ އެދިފައެވެ.
މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް، ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ 10:30 ން 13:30 އާއި ދެމެދު އުނގޫފާރު ކައުންސިލް އިދާރާ އިން ލިބެން ހުންނާނެއެވެ.
މި ފެށޭ ޑިސެމްބަރު މަހުގެ 6 ވަނަ ދުވަހު މި މުބާރާތް ބާއްވަން ހަމަޖެހިފައިވާއިރު ކޮންމެ އަހަރެއްގެ ޑިސެންބަރު މަހުގެ 10 ވަނަ ދުވަހަކީ، ދިވެހިރާއްޖޭގެ މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަ ދުވަހެވެ.