ރާއްޖޭގެ އުތުރުގެ ތިން އަތޮޅާއި ލ. އަތޮޅުގެ ބައެއް ރަށްރަށާއި ފަޅުގައި ޓޫރިސްޓު ރިސޯޓް ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދުމަށް ޓޫރިޒަމްް މިނިސްޓްރީ އިން އިއުލާނުކޮށްފިއެެވެ.
ޓޫރިޒަމް އިންޑަސްޓްރީއިން ވަނީ 35 މަސް ތެރޭ މަސައްކަތް ފަށަންޖެހޭގޮތަށް ރިސޯޓު ތަރައްގީކުރާނެ ބަޔަކު ހޯދުމަށް އިއުލާނުކޮށްފައެވެ.ރިސޯޓު ތަރައްގީކުރަން ހުޅުވާލާފައިވަނީ ހއ، ހދ. ށ. އަދި ލ. އަތޮޅުންނެވެ.މީގެ އިތުރުން، މިނިސްޓްރީއިން ވަނީ އިސްލާމީ ޝަރީއަތާއި އެއްގޮތަށް ހަލާލް ޓޫރިޒަމް މޮޑެލްއަށް ރިސޯޓު ތަރައްގީ ކުރުމަށް5 ތަނެއް އިއުލާނުކޮށްފައެވެ.
ހަލާލް ޓޫރިޒަމް ކުރާނެ 5 ރަށް:
- ހއ. ބީނާފުށި- (2.21 ހެކްޓަރު) އަދި ކަނޑާލިފިނޮޅު (5.05 ހެކްޓަރު)
- ހދ. މަކުނުދޫ ފަރު- 1 – 200 ހެކްޓަރު
- ށ. ފުރިފަރު – 4.34 ހެކްޓަރު
- ލ. ފޮނަގާދޫ – 8.18 ހެކްޓަރު
މިނިސްޓްރީއިން ބުނީ ފަޅުތައް 50 އަހަރަށް ކުއްޔަށް ދިނުމަށް ހަމަޖެހިފައިވާކަމަށާއި،ފަޅުތައް ފަތުރުވެރިކަމަށް ދޫކުރާނީ ވަރަށް ގިނަ ލުއިތަކާއެކުގައި ކަމަށެވެ. އެގޮތުން، އެ ފަޅުރަށްތައް ތަރައްގީކުރާ ކުންފުނިތަކަށް ރިސޯޓު ތަރައްޤީކުރުމަށް ގެންނަ ތަކެތީގެ ކެޕިޓަލް އިންވެސްޓްމަންޓްގެ %15 އާ ހަމައަށް ޑިއުޓީ މައާފުކޮށްދިނން ހިމެނެއެވެ.
މި ބީލަމާ ގުޅޭ މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުންތައް އޮންލައިންކޮށް،9 ޑިސެމްބަރު އަދި 6 ޖެނުއަރީގެ ހެނދުނު 9 ޖަހާއިރު ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މި ބީލަން ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކަށް، އެޕްލިކޭޝަން ފޯމު މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެ އެވެ.
މި ބީލަން ހުށެހުޅުމުގެ ސުންގަޑިއަކީ މިއަންނަ އަހަރު ފެބްރުއަރީ މަހުގެ ހެނދުނު 09:00 އެވެ.ބީލަން ފޮތް ދޫކުރުމަށް ހަަމަޖެހިފައިވަނީ 23 ނޮވެމްބަރުން 2 ފެބްރުއަރީގެ ނިޔަލަށް ޓޫރިޒަމް މިނިސްޓްރީންނެވެ.