މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ހިންގަމުންދާ ބޮޑު އޮޕަރޭޝަން ’އޮޕަރޭޝަން އަލިމަގު‘ އިން 29 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން ވަނީ މި’އޮޕަރޭޝަން އަލިމަގު‘ ގެ އަދާހަމަ ހިއްސާކުރުމަށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ. ފުލުހުން ބުނީ މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ކުރިއަށްގެންދާ ބޮޑު އޮޕަރޭޝަންގައިި 500 ފުލުހުން ބައިވެރިވިކަމަށެވެ. އެގޮތުން، މި އޮޕަރޭޝަންގައި ރާއްޖޭގެ5 ސަރަހައްދެއްގައި 39 ރަށެއްގައި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަންގައި 105 އަށް ވުރެ ގިނަ ތަނެއް ބަލައި ފާސްކޮށްފައިވާއިރު، 110 މީހުން ހައްޔަރުކޮށްފައި ކަމަށެވެ. އަދި ހައްޔަރުކުރި މީހުންގެ ތެރެއިން 61 މީހެއްގެ ކުޑަކަމުދާތަކެތި މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

މީގެއިތުރުން ފުލުހުން ބުނީ ހައްޔަރުކުރި މީހުންގެ ތެރެއިން 38 މީހުން ކޯޓަށް ހާޒިރުކުރުމުން ބަންދުގެ މުއްދަތު ޖަހާފައިވާފައިވާ ކަމަށެވެ. ބަންދުގެ މުއްދަތު އިތުރުކުރި މީހުންގެ ތެރޭގައި ލާމު ގަމަށް ނިސްބަތްވާ މީހަކާއި ލާމު މާވަށަށް ނިސްބަތްވާ މީހެއް އަދި ލާމު ކަލައިދޫއަށް ނިސްބަތްވާ މީހަކު ހިމެނެއެވެ.

ފުލުހުން އިތުރަށް ބުނީ، މަސްތުވާތަކެއްޗާ ގުޅުންހުރި އެއްވެސް މުއާމަލާތެއް ކުރާ ނަމަ އެކަމަކަށް ފުލުހުން އެޓެންޑުވާނެ ކަމަށެވެ.