ހުޅަނގު މޫސުމުގެ 17 ވަނަ ނަކަތް ”ނޮރަ“ ނިމި، 18 ވަނަ ނަކަތް ކަމުގައިވާ ”ދޮށަ“ ނަކަތް ފެށިއްޖެއެވެ.

ދޮށަ ނަކަތަކީ ނޮވެމްބަރުމަހުގެ 27ވަނަ ދުވަހުން ފެށިގެން ޑިސެމްބަރުމަހުގެ 9ވަނަ ދުވަހުގެ ނިޔަލަށް ދެމިގެންދާ ނަކަތެކެވެ.

މި ނަކަތަކީ ހުޅަނގު މޫސުމުގެ އެންމެ ފަހު ނަކަތެވެ. މި ނަކަތުގައި ވައި މަޑުވާނެއެވެ. ވައިޖެހޭނީ އިރުއުތުރުންނެވެ ވައިގެ ބާރުމިން ހުންނާނީ ގަޑިއަކު 16.67 ކިލޯމީޓަރު ބާރުމިނުގައެވެ. އެވްރެޖްކޮށް 4 އިންޗިއަށް ވާރޭވެހޭނެއެވެ. އަވިދޭނީ 97.6 ގަޑިއިރުއެވެ. މި ނަކަތުގައި މަސްވެރިކަން ރަނގަޅުވާނެއެވެ.

ރާއްޖެއަށް އަންނަނީ މައިގަނޑު ދެމޫސުމެވެ. އެއީ ހުޅަނގު މޫސުމާއި އިރުވައި މޫސުމެވެ. އާންމުކޮއް ރާއްޖެއަށް ބޮޑައް ވިއްސާރަ ކުރަނީ ހުޅަނގު މޫސުމުގައެވެ. އިރުވައި މޫސުމުގައި ކޮންމެވެސް ވަރަކަށް ވިއްސާރަ ކުރިޔަސް މޫސުން ގިނަދުވަސްތަކުގައި އޮންނަނީ އާންމު ގޮތެއްގައި ރަނގަޅަށެވެ. ހުޅަނގު މޫސުން ރާއްޖެއަށް ޢާންމުގޮތެއްގައި ލައިގަންނަނީ މޭމަހު މެދެއްހާ ތަނުން ފެށިގެން ނޮވެންބަރު މަުގެ ނިޔަލަށެވެެ. އަދި އިރުވައި މޫސުން ޖެނުވަރީއިން ފެށިގެން މާރިޗްމަހުގެ ނިޔަލަށް ދެމިގެން ދެއެވެ. ޑިސެމްބަރ އަދި އެޕްރީލް މަހަކީ ޢާންމުކޮށް ދެމޫސުން ބަދަލުވާ ދުވަސްވަރެވެ.