ރ. ވާދޫ ފުޓްސަލް ކަޕް2025ގެ ޗެމްޕިއަންކަން ނިއުބޯން އެފްސީން ހޯދައިފިއެވެ.
ރ. ވާދޫ ކައުންސިލުން މިރަށުގެ ޓީމުތަކަށް ހުޅުވާލައިގެން ސިލްސިލާކޮށް އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ ރ. ވާދޫ ފުޓްސަލް ކަޕްގެ މިއަހަރުގެ މުބާރާތުގެ ތަށި މިދިޔަ އަހަރުގެ ރަނަރއަޕް ނިއުބޯން އެފްސީން ހޯދީ މުޅިން އަލަށް މިމުބާރާތަށް ނުކުތް ނެއިބަރސް އެފްސީއާ ވާދަކޮށެވެ.
ރ. ވާދޫ ފުޓްސަލް ގްރައުންޑުގައި ކުޅުނު ފައިނަލް މެޗު އެ ޓީމުން ކާމިޔާބުކުރީ 6-4ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.
މިމުބާރާތުގައި ޖުމުލަ 4 ޓީމެއް ކުޅެފައިވެއެވެ. އެއީ ނިއުބޯން އެފްސީ، ނެއިބަރސް އެފްސީ، ފްލައިން ޑަޗްމަން، އަދި ސްޓްރީޓް މާފިއާއެވެ.
މިއަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރުކަން ކޮށްފައި ވަނީ ރ. ވާދޫ ފުޓްސަލް ކަޕް 2024ގެ މީޑިއާ ޕާޓްނަރުކަން ކުރި ރ. ވާދޫ ލައިވްއެވެ.
ރ. ވާދޫ ލައިވްއިން ވަނީ މުބާރާތުގެ ހުރިހާ މެޗުތަކުގެ ލައިވް އަޕްޑޭޓްތަކާއެކު މެޗުތައް ވަގުތުން ދުރަށް ދައްކާފައެވެ.