މިއަހަރުގެ ތެރޭގައި 4 އަތޮޅެއްގައި ނާދީ ހުޅުވާނެ ކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން އިއުލާނުކޮށްފިއެވެ.
މިއަހަރު ނާދީ ހުޅުވުމަށް ހަމަޖެހިފައިވަނީ، ދ.އަތޮޅު، ރ. އަތޮޅު،ށ.އަތޮޅު އަދި ލާމު އަތޮޅުގައެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު، ޢާއިޝަތު ޝިހާމް ވިދާޅުވީ، އިސްރަށްވެހިން އެ އުމުރަށް ދިޔުމުން ވަރަށް ބޮޑަށް އެކަނިވެރިކަން އިޙުސާސް ކުރާ ކަމަށާއި އެކަނިވެރިކަން ކުޑަ ކުރުމާއި، އުފާވެރި މާޙައުލެއްގައި ވަގުތު ހޭދަ ކުރުމަށް އެ ފަރާތްތައް އެއްތަނަކުން ބައްދަލުވާނެ ތަނެއް ހުރުމަކީ މުހިންމު ކަމެއް ކަމަށެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، މާލެ ސަރަހައްދުގެ އިތުރުން އަތޮޅު ތެެރޭގައި މިފަދަ އިސްރަށްވެހިންގެ ޖަގަހަތައް ޤާއިމް ކުރުމަށް އަތޮޅު ކައުންސިލްތަކާއެކު މަސައްކަތް ކުރަމުންދާ ކަމަށެވެ. މީގެއިތުރުން، މިކަމަށް ކައުންސިލްތަކުގެ ވަރަށް ބޮޑު ޝައުޤުވެރިކަމެއް އެބައޮތް ކަމަށާއި، މިހާތަނަށް 74 ކައުންސިލަކުން ނާދީ ތަރައްޤީ ކުރުމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާކަން ވަޒީރު ހާމަކުރެއްވިއެވެ.