ތިން މީހުންނާއެކު ދަތުރުކުރަމުން ދިޔަ މުދާ އުފުލާ ދޯންޏެއްގައި އަލިފާން ރޯވެ، ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެ ދޯނީގައި ރޯވީ ކ. ގަމަރުގިރި ކިޔާ ފަޅު ރަށެއް ކައިރީ ކަމަށާއި، އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި މާލޭ އޭރިއާ ކޮމާންޑުގެ ހުޅުމާލޭ ފަޔާ ސްޓޭޝަނުން ހަރަކާތްތެރިވަމުން އަންނަ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
އެކަމަކު މި ހާދިސާ ހިނގި ވަގުތާއި، ހާދިސާ ހިނގިއިރު އެމްއެންޑީއެފަށް ރިޕޯޓުކުރި ވަގުތާއި ދޯނީގެ ތަފުސީލެއް އެމްއެންޑީއެފުން އަދި ދީފައެއް ނުވެއެވެ.