ރ. ވާދޫ ސްކޫލް ޑިޖިޓަލް ކުރުމުގެ ޕްރޮޖެކްޓަށް އެހީތެރިވުމުގެ ގޮތުން، ފެނަކައިން އެރަށު ސްކޫލަށް 2 ޓީވީ ހަދިޔާ ކޮށްފިއެވެ.
މިއީ، ވާދޫ ސްކޫލްގެ ކުލާސް ރޫމްތައް ޑިޖިޓަލް ކުރުމަށް އެ ސްކޫލްގެ ފަރާތުން ހޯދާފައިވާ ޓީވީގެ އިތުރަށް 2 ޓީވީ މަދުވާތީ، އެކަން ފެނަކަ ކޯޕަރޭޝަނާއި ހިއްސާ ކުރުމުން ފެނަކައިން ހަދިޔާ ކޮށްފައިވާ ޓީވީތަކެއް ކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.
އެ ސްކޫލްގެ އިފްތިތާހީ ޖަލްސާގައި ފެނަކައިން ހަދިޔާ ކުރާ ޓީވީތައް ރަމްޒީކޮށް ޙަވާލު ކޮށްފައިވަނީ، ވާދޫ ފެނަކަ ބްރާންޗްގެ ޑެޕިއުޓީ މެނޭޖަރ މުޙައްމަދު ނިޔާޒެވެ. ސްކޫލްގެ ފަރާތުން ޓީވީ އާއި ޙަވާލުވެފައިވަނީ، އެ ސްކޫލްގެ ޕްރިންސިޕަލް އިބްރާހީމް ނަސީމެވެ.
