މިއަދު ހަވީރު ކުޅެވުނު އެކުވެރިކަމުގެ ފުޓްސަލް މެޗްގައި ރ. ވާދޫ އަންހެނުންގެ ފުޓްސަލް ޓީމް ބަލިކޮށް ނ. މަނަދޫ އަންހެނުންގެ ފުޓްސަލް ޓީމް ކުރި ހޯދައިފި އެވެ.
ވަރަށް ވާދަވެރިކޮށް މިއަދު ހަވީރު 04:30ގައި ވާދޫ ސްޕޯޓްސް އެރީނާގެ ފުޓްސަލް ދަނޑުގައި ކުރިއަށް ދިޔަ މި މެޗުން މަނަދޫ އަންހެނުންގެ ފުޓްސަލް ޓީމް ކުރި ހޯދީ 6 – 3ގެ ނަތީޖާއަކުންނެވެ.
ދާދި ފަހުން ވާދޫގައި މުޅިން އަލަށް އުފެދުނު ރ. ވާދޫ އަންހެނުންގެ ފުޓްސަލް ޓީމުން ދަނީ އެކިއެކި ރަށްރަށުގެ ޓީމްތަކާ އެކު މި ފަދަ މެޗްތައް ކުޅެމުންނެވެ.

ރ. ވާދޫ އަދި ނ. މަނަދޫ ފުޓްސަލް ޓީމް
އެންމެ ފަހުން މި ފަދަ މެޗެެއް ކުޅެވިފައި ވަނީ ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހު ނ. ހޮޅުދޫގެ ޓީމަކާ އެކު ވާދޫގައެވެ.
ރ. ވާދޫގައި ރައީސް ޔާމިންގެ ސަރުކާރުން ތަރައްގީކުރި ޒަމާނީ ފުޓްސަލް ދަނޑާއެކު މި ރަށުގައި އާ ޓީމުތައް އުފެދި މި ކުޅިވަރު ދަނީ ކުރި އަރަމުންނެވެ.
