އިއްޔެ ހަވީރު ކުޅެވުނު އެކުވެރިކަމުގެ ފުޓްސަލް މެޗުގައި ރ. ވާދޫ އަންހެނުންގެ ފުޓްސަލް ޓީމް ބަލިކޮށް ރ. ދުވާފަރު ކްލަބް އިލަވެން އެޓޭކާރސް ކުރި ހޯދައިފި އެވެ.
ވަރަށް ވާދަވެރިކޮށް އިއްޔެ ހަވީރު 04:30ގައި ވާދޫ ސްޕޯޓްސް އެރީނާގެ ފުޓްސަލް ދަނޑުގައި ކުރިއަށް ދިޔަ މި މެޗުން ރ. ދުވާފަރު ކްލަބް އިލަވެން އެޓޭކާރސް ހޯދީ ހަނި ތަފާތަކުންނެވެ.

މި މެޗު ރ. ދުވާފަރު ކްލަބް އިލަވެން އެޓޭކާރސް ކާމިޔާބު ކުރީ 5 – 3ން ރ. ވާދޫ އަންހެނުންގެ ފުޓްސަލް ޓީމް ބަލިކޮށްގެންނެެވެ.
ދާދި ފަހުން ވާދޫގައި މުޅިން އަލަށް އުފެދުނު ރ. ވާދޫ އަންހެނުންގެ ފުޓްސަލް ޓީމުން ދަނީ އެކިއެކި ރަށްރަށުގެ ޓީމްތަކާ އެކު މި ފަދަ މެޗުތައް ކުޅެމުންނެވެ.
- ރ.ވާދޫ އަންހެނުންގެ ފުޓްސަލް ޓީމް
އެންމެ ފަހުން މި ފަދަ މެޗެެއް ކުޅެވިފައި ނ. މަނަދޫގެ ޓީމަކާ އެކު ވާދޫގައެވެ.
ރ. ވާދޫގައި ރައީސް ޔާމިންގެ ސަރުކާރުން ތަރައްގީކުރި ޒަމާނީ ފުޓްސަލް ދަނޑާއެކު މި ރަށުގައި އާ ޓީމުތައް އުފެދި މި ކުޅިވަރު ދަނީ ކުރި އަރަމުންނެވެ.
