ރ. ވަދޫގެ ކަނބަލުންގެ މިންނެތް މަސަައްކަތުން ތައްޔާރުކޮށްފައިވާ ފަންބޮނޑިތައް ވިއްކައިގެން 2 ލައްކައަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެއެވެ.

ފަންވިނުމާއި ރޯނުވެށުމުގެ ސިނާއަތުގައި ވަރަށް ކުރީގައި އުޅާ ރ. ވާދޫ ކަނބަލުންތަކެއް ވިނެފައިވާ 2 ލައްކަ ރުފިޔާގެ ފަން މިއަދު ރަށުން ބޭރުކުރީ ރިސޯޓެއްގެ ބޭނުމަށް ކަމަށް މައުލޫމާތު ލިބެއެވެ.

މިއީ އެވޭލާ ޒަމޫނުން ސުރެ ވާދޫ ކަނބަލުން ކުރަމުން އަންނަ އަގު ހުރި މަސަައްކަތެކެވެ.

އެނގިފައިވާ ގޮތުގައި ވާދޫން އެންމެ ފަހުން މި ގޮތަށް ފަން ވިއްކާފައި ވަނީ މީގެ ދެ އަހަރެެއްހާ ދުވަސް ކުރިންނެވެ.

ފަން ގަންނާނެ ފަރާތެއްގެ އިންތިޒާރުގަައި ދުވަސްތައް ހޭދަކުރަން ޖެހުމުން ވާދޫގެ ބައެއް ކަނބަލުން މި މަސައްކަތް ހުއްޓާލި ކަމަށް ވެސް މަޢުލޫމާތު ލިބެއެވެ.