ރ. ވާދޫގެ ޓޮޕްގުރަފިކް ސާރވޭ ކުރުމާއި، ލޭންޑް ޔޫސް ޕްލޭން ހެދުމުގެ މަޝްރޫޢު ކުރިއަށް ގެންދާނެ ފަރާތެއް ހޯދުމުގެ މަސައްކަތް މިނިސްޓްރީ އޮފް ފިނޭންސް އިން ފަށައިފިއެވެ.

މިނިސްޓްރީ އޮފް ފިނޭންސް އިން ކުރި އިއުލާނެއްގައި ބުނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ އެދިލެއްވުމުގެ މަތިން ރ. ވާދޫގެ ޓޮޕްގުރަފިކް ސާރވޭ ކުރުމާއި، ލޭންޑް ޔޫސް ޕްލޭން ހެދުމުގެ މަޝްރޫޢު ކުރިއަށް ގެންދާނެ ކޮންސަލްޓަންޓުން ހޯދުމަށް ބޭނުންވާ ކަމަށެވެ. އެހެންކަމުން، މި މަސައްކަތްތަކަށް ”އެކްސްޕްރެޝަން އޮފް އިންޓަރެސްޓް“  ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާ ކަމަށެވެ.

މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށްދޭ ލިޔެކިޔުން (ކޮމްޕެނީ ޕްރޮފައިލް، ކުންފުނީގެ އޮނިގަނޑު، ބްރޯޝަރ، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ ފަދަ މަޢުލޫމާތު) ހުށަހަޅަން ވާނެ ކަމަށް ވެސް އިޢުލާންގައި ވެއެވެ.

މި މަސައްކަތައް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު ދެވޭނެއެވެ.

މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީއޯއާރް) އެ މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv  އިން 17 ޖޫން 2021 ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.

މިކަމަށް ޝަޢުޤުވެރިވާ، ޝަތުރު ހަމަވާ ފަރާތްތަކުން 4 ޖުލައި 2021 ވާ އާދިއްތަ ދުވަހުގެ 1300 ނިޔަލަށް ”އެކްސްޕްރެޝަން އޮފް އިންޓަރަސްޓް“ މިނިސްޓްރީއަށް އީމެއިލްގެ ޒަރީއާއިން ހުށަހެޅޭނެއެވެ.

އީ މެއިލް :. aishath.nadheema@finance.gov.mv