ރ. މީދު އަށް އަދި ރ. ދުވާފަރަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ބަޔަކު ދިވެހި ފުލުހުންގެ ޚިދުމަތުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލަކު ވިދާޅުވީ، ރ. މީދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގައި ނ. މާފަރަށް ނިސްބަތްވާ އުމުރުން 39 އަހަރުގެ ހައްޔަރުކޮށްފައިވާ ކަމަށެވެ.

ޢެނާ ހައްޔަރުކޮށްފައި ވަނީ ރޭ 12:00ގައި މީދުއަށް ދިޔަ ޑިންގީއަކުން މަސްތުވާތަކެތި އެތެރެކުރަން އުޅުމުގެ ތެރެއިންނެވެ.

މި މައްސަލަ މީދޫ ޕޮލިސް ސްޓޭޝަނުން އަންނަނީ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.

މީގެ އިތުރުން،  ރ. ދުވާފަރަށް މަސްތުވާތަކެތި އެތެރެކުރަންއުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހު 21 ވަނަ ދުވަހު، ދުވާފަރު ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި 29 އަހަރުގެ އަންހެނަކު ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވެއެވެ. އަދި މައްސަލައާ ގުޅުންހުރި ކަމަށް ބެލެވޭ 32 އަހަރުގެ ފިރިހެނަކު މި މަހު 22 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ވަނީ ހައްޔަރުކޮށްފައިވެއެވެ.

ހޭލުންތެރިކުރުމުގެ ނޯޓު: ޢަރަބި ބަހުގައި މަސްތުވާތަކެއްޗަށް ކިޔަނީ المخدرات އެވެ. މުޙައްދަރާތު މިބަސް ނެގިފައިވަނީ  خدر  މިބަހުންނެވެ. މަޞްދަރަކީ التخدير މިއެވެ. މާނައަކީ: ނިވާކަމެވެ. ނުވަތަ ފޮރުވުން ކަމުގައި ބުނެވެއެވެ. މިސާލު: يوم خدر ކަޅުވިލާތަކުގެ ސަބަބުން އުޑުމަތި ފޮރުވިފައިވާ ދުވަސް އަދި  ليلة خدر އާދަޔާއި ޚިލާފަށް އަނދިރިކަން ވެރިވެފައިވާ ރޭގަނޑެވެ. އަދިވެސް ބުނެވެއެވެ. ރާބޯމީހާ މަސްތުވުމަށް އޭނަގެ ނަފުސު ކަންނެތް ކަމާއި ހަލާކުގެ ތެރެއަށް ވައްޓާލުމެވެ. ނުވަތަ ކަންނެތްކަން ވެރިވެ، އެކަމަށް މަގުފަހި ކުރުވުމެވެ. ނުވަތަ އެޙާލަތަކީ އޭނަގެ ހަށިގަނޑު ހަމަ ހިމޭންކަމުން ނިކަމެތިކަމަށް ގެނެސް ހަށިގަނޑުގެ ގުނަވަންތަކުގެ ވަޒީފާގައި ކަންނެތްކަން އިތުރުކުރުވާ އަދި  ފަރުވާ ކުޑަކުރުވާ އަދި ނަފުސު ނިކަމެތިކުރުމާއެކު މިހާގެ އިޙުސާސްތަކާއި ޝުޢޫރުތަސް ގެއްލިދާ ސަބަބެވެ.

މިއަދު އަޅުގަނޑުމެން ނަންކިޔާ ފާޑުފާޑުގެ މަސްތުވާތެކެއްޗާއި ބެހޭގޮތުން އިސްލާމީ ޢިލްމުވެރިންގެ މެދުގައި ބަޙުޘްކުރެވި، އެކަމުގެ ޙުކުމް ނެރުއްވާފައިވަނީ ވަރަށް ފަހުންނެވެ. އެހެނީ އަޅުގަނޑުމެން މިއަދު ނަންކިޔާ މަސްތުވާތަކެއްޗަކީ ކުރީގައި މީސްތަކުންގެ މެދުގައި ޢާއްމުވެ ބޭނުންކުރެވެމުން އައި އެއްޗެއްނޫނެވެ. މާތް ނަބިއްޔާގެ صلي الله عليه وسلمގެ ޒަމާނުގައިވެސް މިދެންނެވި މަސްތުވާތަކެތި ބޭނުންކޮށް ނޫޅެއެވެ.
ޢިލްމުވެރިން އެއްބަސްވެލައްވާ ގޮތުގައި ޖާހިލިއްޔަ ޒަމާނުގައްޔާއި، އިސްލާމްދީނުގެ ކުރީކޮޅުގައި މީސްތަކުންގެ ތެރޭގައި މަސްތުވާއެއްޗެއްގެ ގޮތުގައި ބޭނުންކޮށްފައިވަނީ ،މަސްތުވާތަކެތީގެ މަންމަ ކަމުގައި ބެލެވޭ ރާ އެވެ. މިގޮތުން އިސްލާމްދީނުގައިވެސް އެންމެ ފުރަތަމަ މަސްތުވާ އެއްޗަކާއި ބެހޭގޮތުން ޙުކުމް ބަޔާން ކުރައްވާފައިވަނީ ރަލާއިމެދުގައެވެ. ރާ ހަރާމް އެވެ. އެއަށްފަހު މީސްތަކުންގެ މެދުގައި މިއަދު ޢާއްމުވެފައިވާ މަސްތުވާތަކެތީ ބާވަތްތަކުގެ ޙުކުމް ޢިލްމުވެރިން ބަޔާންކޮށްދެއްވިއެވެ. އެއީ އިސްލާމީ ޝަރީޢަތުގައިވާ ރަލުގެ ޙުކުމުގެ މައްޗަށް ޤިޔާސް ކުރައްވައިގެންނެވެ.