ކިޑްނީ ފެއިލްވެ ކިޑްނީ ބަދަލުކުރުމަށް ބޭނުންވެފައިވާ ރ. މީދޫ، ދޭލިޔާގެ އީނާސް އަޙްމަދު ތިޔަ ބޭފުޅުންގެ ދީލަތި އެހީއަށް އެދެފިއެވެ.

އީނާސްގެ ކިޑްނީ ފެއިލްވެފައިވާކަން އެނގުނީ ބަލިވެގެން ޑޮކްޓަރަށް ދެއްކުމުންނެވެ. އެކަން ވެގެން ދިޔައީ ޒުވާން އީނާސް އަދި އޭނާގެ މުޅި އާއިލާއަށް ވެސް ހިތްދަތި ކަމަކަށެވެ. ގަބޫލުކުރަން ދަތި ކަމަކަށެވެ.

މިހާރު ވެސް ގަވާއިދު ހަދަން ޖެހޭ ޑައިލަސިސް ހަދަމުންދާ އީނާސް މާލޭގައި ހުރި އިރު އަދި މިހާތަނަށް ކިޑްނީއެއް ދޭނެ މީހެއް ހަމަޖެހިފައެއް ނުވެއެވެ. އެކަމަކު އީނާސްގެ ޢާއިލާގެ އެންމެންވެސް ތިބީ ކިޑްނީ ދިނުމަށް ތައްޔާރަށެވެ. އަދި އެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަން ފާހަގަކުރަމެވެ.

ކިޑްނީއަކީ އިންސާނާގެ ލޭ ސާފު ކުރާ ގުނަވަނެވެ. އެހެން ކަމުން ކިޑްނީ ފެއިލް ވެއްޖެ ނަމަ އިންސާނާގެ ލޭގައި ނުރައްކާތެރި ވިހަތައް ގިނަވެ އެކަމުގެ އަސަރު ސިއްހަތައް ކުރަން ފަށާނެއެވެ. އަދި އެކަމުގެ ސަބަބުން ފުރާނައަށް ނުރައްކާވާނެއެވެ. ކިޑްނީ ފެއިލް ވުމާއެކު އާންމު ގޮތެއްގައި ދެވޭ ވަގުތީ ފަރުވާ އަކީ ޑައިލަސިސް ހެދުމެވެ. ޑައިލަސިސް އަކީ އިންސާނާގެ ހަށިގަނޑާއި މެޝިނެއް ގުޅުވައިގެން ލޭ ސާފު ކުރާ ފަރުވާއެކެވެ.

ގިނަ ދުވަސްތަކެއް ވަންދެން ހުންނަން ޖެހުމާއި އަދި ބޭރަށް ގޮސް ކިޑްނީ ބަދަލު ކުރުމުގައި ގިނަ ދުވަސްތަކެއް ހުންނަން ޖެހޭނެތީ އާޢިލާއިން އެދެނީ އެހީތެރިކަމެއް ދެވެން އޮތް ކޮންމެ ފަރާތަކުންވެސް ބޭސް ފަރުވާއަށް އެހީތެރިކަން ދެއްވުމަށެވެ.

އީނާސްއަށް އެހީތެރިވުމަށް ފައިސާ ފޮނުވުމަށް (ފައިސާގެ އެހީތެރިކަން ދެވެން ނެތް ހަމަ މި ލިޔުން ވީހާ ވެސް ގިނަ ބަޔަކަށް ހިއްސާކުރައްވާ)

ދިވެހި ރުފިޔާ އެކައުންޓް: 7730000100387
ޑޮލަރު އެކައުންޓް: 7730000155401
އެކައުންޓް ނަން: މުޙައްމަދު ޢިޤުބާލް (އީނާސްގެ ބޭބެ)

މާތް ﷲ އީނާސް އަށް އަވަސް ޝިފާއެއް މިންވަރު ކުރައްވައި އޭނާގެ އާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!