ރ. އަތޮޅުގެ ސިއްހީ މަރުކަޒަކަށް ބޭނުންވާ އޮކްސިޖަން ކޮންސެންޓްރޭޓަރ ފޯރުކޮށްދިނުމުގެ ގޮތުން، އަތޮޅުގެ ހުރިހާ ހެލްތު ސެންޓަރ އަކަށް ޖުމުލަ 36 އޮކްސިޖަން ކޮންސެންޓްރޭޓަރ ފޯރުކޮށްދީފި ކަމަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ހާމަކޮށްފިއެވެ.

މިމަސައްކަތުގެ ތެރެއިން ބޮޑެތި އާބާދީތަކަށް ހިދުމަތްދޭ ކޮންމެ ސިއްހީ މަރުކަޒަކަށް 3 އޮކްސިޖަން ކޮންސެންޓްރޭޓަރ ފޯރުކޮށްދީފައި ވާއިރު ކުދި އާބާދީތަކުގެ ސިއްހީ މަރުކަޒުތަކަށް ދީފައިވަނީ 2 އޮކްސިޖަން ކޮންސެންޓްރޭޓަރ އެވެ.

”ރ. އަތޮޅުގެ ހެލްތު ސެންޓަރުތަކަށް ބޭނުންވާ އޮކްސިޖަން ކޮންސެންޓްރޭޓަރ ފޯރުކޮށްދިނުމުގެ މަސައްކަތުގެ ތެރެއިން 14 ހެލްތު ސެންޓަރަކަށް 36 ކޮންސެންޓްރޭޓަރ ވަނީ ފޯރުކޮށްދީފަ“ އެ ހޮސްޕިޓަލުން ބުނެފައި ވެއެވެ.