ގްރެމިއާއަކީ ކެރަލާގައި ހުންނަ އަޔުރްވެދިކް ވެލްނެސް ސެންޓަރެކެވެ. މި ބަޔާންކޮށްލަނީ އެ ތަނުން ދޭ ބައެއް ޚިދުމަތްތަކެވެ.

ހަންގަނޑަކީ ހަށިގަނޑުގެ ފުރަތަމަ ދިފާއީ ބާރެވެ. ހަންގަނޑަކީ ވަރަށް ފަސޭހައިން އިންފެކްޝަންތަކާއި އެހެނިހެން މައްސަލަތަކުގެ ޝިކާރައަކަށް ވާ އެއްޗެކެވެ. އެކްޒީމާ، ސޯރިއޭސިސް އަދި މާސް އަދި ރޯސާސީއާ ފަދަ ހަމުގެ ބަލިތަކަކީ ތަހައްމަލުކުރަން އުނދަގޫ ބަލިތަކެވެ. ސްޓެރޮއިޑް ސްރޮއިޑް ހިމެނޭ ކްރީމްތަކުގެ ސަބަބުން ސައިޑް އިފެކްޓްސް ތަކެއް މެދުވެރި ކުރުވައެވެ. އެހެންވެ ހަންގަނޑު ރީތިކޮށް ރަނގަޅަށް ހުންނަ އެހީއަކަށް ބޭނުންވެއެވެ. އަޔުރްވެދާ މިފަދަ އެހީތެރިކަމެއް ދެނީ ހަންގަނޑުގެ މައްސަލަތައް މެނޭޖްކުރުމަށް އެހީތެރިވެދޭ ހޮލިސްޓިކް އެޕްރޯޗެއް ދައްކުވައިދޭ ގޮތަށެވެ. އަޔުރްވެދިކް މެޑިސިން އާއި ހަންގަނޑަށް ދޭ ފަރުވާތަކުގެ ސަބަބުން ހަންގަނޑުގެ ބަލިތައް އިފެކްޓިވް ގޮތަކަށް މެނޭޖްކުރުމަށް އެހީތެރިވެދެ އެވެ.

ވަކި ހާއްސަ ހަމުގެ ބައްޔަކަށް ފަރުވާ ދިނުމަށް ބޭސް ކުރުމުގެ ކުރިން އަޔުރްވެދާ ލަފާ ދެނީ މީހާގެ ހަންގަނޑުގެ ހާލަތު އެކަށީގެންވާ ގޮތެއްގައި ތަހުލީލުކޮށް، އެ ފަރުވާތައް ރަނގަޅަށް ރޭވުމަށް ޓަކައި އެ މީހެއްގެ ކާބޯތަކެތީގެ އާދަކާދަތަކާއި ދިރިއުޅުމުގެ ވައްޓަފާޅި އާއި ޕަލްސް އާއި އާންމު ސިއްހަތު ވެސް ދެނެގަތުމަށެވެ. އަޔުރްވެދިކް ނަޒަރަކުން ބަލާއިރު، ބަލީގެ މައިގަނޑު އަސާސަކީ، ނުރަނގަޅު ޑައިޓާއި ދިރިއުޅުމުގެ ވައްޓަފާޅިއެވެ. މި ޓޮކްސިންތަކުގެ ސަބަބުން ހަށިގަނޑުގައި / ލޭގައި ޖަމާވެ، މީހާގެ ހަށިގަނޑަށް ނުތަނަވަސްކަން ލިބި، ހަންގަނޑުގެ ބަލިތައް އުފެދުމަށް މަގުފަހިވެ އެވެ.

އަޔުރްވެދާ ބުނާގޮތުން ހަންގަނޑުގެ ހުރިހާ ބައްޔެއްގެ އަސްލު ސަބަބަކީ ލޭ / ހަށިގަނޑުގައި ޓޮކްސިން ޖަމާވުން އެވެ. އަޔުރްވެދާ އަކީ އަބަދުވެސް ބަލި ޖެހެން މެދުވެރިވާ މައިގަނޑު ސަބަބު ހޯދަން މަސައްކަތް ކޮށް ހަށިގަނޑުން ނައްތާލަދޭ އެއްޗެކެވެ. ވީމާ ހަންގަނޑުގެ ބަލިތައް ހުންނަ ހާލަތްތަކުގައި އަޔުރްވެދިކް ޓްރީޓްމަންޓްތަކުގެ އަމާޒަކީ ލޭ ސާފުކުރުން، އޭރުން ހަންގަނޑުގެ ބަލިތަކުން ބަލި މީހުން ރަނގަޅުވެއެވެ.

ޕަންޗަކަރްމާ އަކީ ހަންގަނޑުގެ މައްސަލަތަކަށް ދޭ އެންމެ ރަނގަޅު އެއް ފަރުވާ އެވެ. މިއީ ޑޮޝިކް ބެލެންސް ހަމައަކަށް ކޮށްދީ، ހަށިގަނޑުގައި ޖަމާވެފައިވާ ވިހަތައް ދުރުކޮށްދީ ހަންގަނޑުގެ ދުޅަހެޔޮކަން އިތުރުކޮށްދޭ ފަރުވާ އެކެވެ. ޕަންޗަކަރްމާ ތެރަޕީ އަކީ ހަށިގަނޑުން ޓޮކްސިންބޭރުކޮށް، ސެލިއުލާ ލެވެލްގައި ސާފުކޮށްދޭ ފުރިހަމަ ޑިޓޮކްސިފިންގް ޕްރޮގްރާމެކެވެ. ހަށިގަނޑުން ވިހަތައް ސާފުކޮށްނިމުމުން ޑޯޝާސް އަށް ބެލެންސް ލިބި، ހަށިގަނޑުގެ ގުނަވަންތަކާއި ހަންގަނޑު އާންމު މަސައްކަތްތަކަށް އެނބުރި ދެއެވެ.