މިހާރު ކުރިއަށްދާ ރ. އަތޮޅު ފުޓްސަލް ޗެލެންޖް 2022ގައި މިހާތަނަށް ކުޅުނު މެޗްތަކުން ރ. ވާދޫ އެފް.ސީ ބަލިވެފައިވާއިރު، ޓީމުގެ ކުޅުންތެރިންގެ ސިއްހީ ހާލަތު އެހާ ރަނގަޅު ނޫން ކަމަން މަައުލޫމާތު ލިބިއްޖެއެވެ.
ރ. ވާދޫ އެފްސީގެ އޮފިޝަލަކު ވިދާޅުވީ، ސްކޮޑްގައި ހިމެނޭ މުހިންމު ކުޅުންތެރިޔަކު ބަލިވެގެން މެޗްތަކަށް ނުދާ ކަމަށެވެ. ކުޅެން އެރި ގިނަ ކުޅުންތެރިން ވެސް ތިބީ ހުން އައިސްފައި ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އަދި ކުޅެން އެރި އެއް ކުޅުންތެރިއަކު އުޅެނީ އުކުޅުވަޅަށް ތަދެއް އަރައިގެން ކަމަށް ރ. ވާދޫ ލައިވްއާ ވާހަކަދެއްކި އޮފިޝަލް ވިދާޅުވިއެވެ.
ރ. އަތޮޅު ފުޓްސަލް ޗެލެންޖް 2022ގެ ފުރަތަމަ މެޗްގައި ވާދަކުރީ ރ. ވާދޫ އެފް.ސީ އަދި ރ. ރަސްމާދޫ އެފް.ޓީއެވެ.
މި މެޗް ވަރަށް ހަނި ތަފާތަކުން ރ. ރަސްމާދޫ އެފް.ޓީ ކާމިޔާބުކުރީީ 2-1ގެ ނަތީޖާއަކުންނެވެ. މި މެޗްގައި ރ. ވާދޫ އެފް.ސީ އިން ދެއްކި ކުޅުމަށް ބަލާއިރު ފެނުނީ ވަރަށް ހިތްވަރާއެކު ކުޅިވަރުގެ އަޙްލާޤް ހިފަހައްޓައިގެން ރީތި ކުޅުމެއް ކުޅުނު މަންޒަރެވެ. މިއީ ފަހުގެ ތާރީޚެއްގައި ރ. ވާދޫގެ ޓީމެއް އަތޮޅު ފެންވަރުގެ މުބާރާތެއްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.
ދެން ރ. ވާދޫ އެފް.ސީ އާއި ރ. އިނގުރައިދޫ ފުޓްސަލް ޓީމް ބައްދަލުކުރި މެޗް ނިމުނީ 6-1ގެ ނަތީޖާއަކުންނެވެ.
އެ މެޗުން ވެސް ރ. ވާދޫ އެފް.ސީ ދެއްކި ރީތި ކުޅުމާއި ހިތްވަރަށް ސާބަސް ހައްގެވެ.
ރ. އަތޮޅު ކައުންސިލުން، މި އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ ރ. އަތޮޅު ފުޓްސަލް މުބާރާތުގެ މައިގަނޑު މަޤުސަދަކީ އަތޮޅުގެ ރަށްރަށުގެ މެދުގައި އެކުވެރިކަން ބަދަހިކޮށް، ކުޅިވަރުގެ ރޫޙު ދިރުވާ އާލާކުރުމާއި، އަތޮޅުގައި ފުޓްސަލް މި ކުޅިވަރު ކުރިއަރުވަން އެހީތެރިވުމެވެ. ހަމައެހެންމެ، އަތޮޅުގައި ހުނަރުވެރި ފުޓްސަލް ކުޅުންތެރިން އުފެއްދުމާއި، ފުޓްސަލްގެ ހުނަރު އިތުރުކުރުމަކީ މުބާރާތް ބޭއްވުމުގެ މަޤުސަދެކެވެ.
ޗެމްޕިއަން ޓީމަކަށް 30،000 ރުފިޔާގެ ފައިސާގެ އިނާމެއް ދޭން ހަމަޖެހިފައިވާ މި މުބާރާތުގެ ރަނަރ-އަޕް ޓީމަށް ވެސް 20،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ރ. އަތޮޅު ކައުންސިލުން ވަނީ ނިންމާފައެވެ.
މި މުބާރާތުގައި ވާދަކުރުމަށް އެކުލަވާލި ރ. ވާދޫ އެފް.ސީގެ ސްކޮޑްގައި ހިމެނެނީ، ރ، ވާދޫގައި މި ވަގުތު އެންމެ ފާހަގަކޮށްލެވޭ ހުނަރުވެރި ޒުވާން ކުޅުންތެރިންތަކެެކެވެ.
އެ ގޮތުން މި ޓީމްގައި ހިމެނެނީ، ސިދާދު ޔޫސުފް (އެއްލު)، އަޙުމަދު މާއިސް (މާއިއްކޮ)، އަބްދުﷲ އާރިފް، ސާއިން ޔޫސުފް (ބޭބެ)، ތާސީން ސައީދު (ތޯބެ)، އަލީ ޝަހީމް، މުޙައްމަދު އަދުހަމް (އަދޭ)، އަދީލް ރަޝީދު، މުޙައްމަދު މަންސޫރު (މަންޓެ)، މުޙައްމަދު ސައުސަން (ސާއްޓެ)، ޔާސީން ސައީދު (ޔާބެ)، އަދި އިބްރާހިމް އަޔާޒްގެ އިތުރުން އަބްދުﷲ ހަފީޒްއެވެ. މީގެ އިތުރުން ގޯލް ކީޕަރުންގެ ގޮތުގައި މުޙައްމަދު މާހިދު، ތަސްނީމް ސައީދު އަދި އަޙުމަދު އަރީފްގެ ނަން ޓީމް ލިސްޓްގައި ހިމަނާފައިވެއެވެ.
ޢަލީ ނާޒިމް މެނޭޖްކުރާ ރ. ވާދޫ އެފްސީގެ ކުޅުންތެރިން ކުޅޭނީ އެ ޓީމްގެ ކޯޗް ހަސަން ނަސީމްގެ އިރުޝާދުގެ ދަށުންނެވެ. ޓިމްގެ އޮފިޝަލުންގެ ގޮތުގައި އިބްރާހިމް ޝަހީމް އަދި މިފްތާހް މުޙައްމަދު ހަަރަކާތްތެރިވާނެއެވެ. އަދި މެޑިކަލް އޮފިޝަލެއްގެ ގޮތުން އަބްދުލް މަޖީދާއި ޓްރެއިނަރެއްގެ ގޮތުން މުޙައްމަދު އާސިފް ވެސް ހަރަކާތްތެރިވުމަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތަށް ތައްޔާރުވުމަށް ރ. ވާދޫ އެފްސީ އިން ވަނީ ފަރިތަކުރުންތައް ބާއްވާފައެވެ. މި ފަރިތަކުރުންތައް ކުރިއަށްގެންދިޔައީ ރ. ވާދޫ ސްޕޯޓްސް އެރީނާގެ ފުޓްސަލް ގްރައުންޑްގައެވެ.
|| ރ. ވާދޫ އެފްސީގެ ރަސްމީ އޮންލައިން މީޑިއާ ޕާޓްނަރަކީ ރ. ވާދޫ ލައިވް
