މިހާރު ކުރިއަށްދާ ރ. އަތޮޅު ފުޓްސަލް ޗެލެންޖް 2022ގައި ކުޅުނު މެޗްތަކުން ބަލިވެ މުބާރާތުން ވަކިވާން ޖެހުނު ނަމަވެސް، އަންނަ އަހަރު މިމުބާރާތް ބާއްވައިފި ނަމަ، މާ ވަރުގަދަކޮށް އެނބުރި އަންނާނެ ކަމުގެ ޔަގީންކަން ރ. ވާދޫ އެފް.ސީ އިން ދީފިއެވެ.
ރ. ވާދޫ އެފް.ސީ އިން މުބާރާތުގެ ގްރޫޕް ސްޓޭޖްގެ ހުރިހާ މެޗެއް ނިންމާލި އިރު، ކަންދިމާކުރި ގޮތުން އެއްވެސް މެޗެއް ކާމިޔާބު ވާ ގޮތެއް ނުވިއެވެ.
މިއީ ވާދޫގެ ފުޓްސަލް ޓީމެއް އަތޮޅު މުބާރާތެއްގައި ވާދަކުރި ފުރަތަމަ ފަހަރެވެ.
މި ރަށަށް ވުރެ އާބާދީ ބޮޑެތި ރަށްރަށުން ބައިވެރި ނުވި މުބާރާތެއްގައި ވާދޫ ފަދަ އާބާދީ ކުޑަ ރަށެއް ބައިވެރިވެ ކުޅުންތެރިން ދެއްކި ކުޅުމަށް ގިނަ ބަޔަކު އަންނަނީ ތައުރީފު ކުރަމުންނެވެ.
އާބާދީ ކުޑަ ވާދޫގައި ފުޓްސަލްގެ ހާލާތަކީ ކުޅެލަން ދާނެ މީހަކު ނުވެ ރަަށުގެ ކުޅިވަރު ދަނޑުގައި ބައެއް ދުވަސް ދުވަހު ކުޅުން ކުރިއަށް ނުގެންދެވުމެވެ. އަދި ވާދޫގައި ގަވާއިދުން އަހަރަކު އެއްފަހަރު ވިޔަސް ފުޓްސަލް މުބާރާތެއް ނުބާއްވާކަން ފާހަގަކުރެވެއެވެ.
މީގެ އިތުރުން، ރ. އަތޮޅު ފުޓްސަލް ޗެލެންޖް 2022ގައި މިހާތަނަށް ކުޅުނު މެޗްތަކުން ރ. ވާދޫ އެފް.ސީ ބަލިވެފައިވާއިރު، ޓީމުގެ ކުޅުންތެރިންގެ ސިއްޚީ ހާލަތު އެހާ ރަނގަޅު ނޫން ކަމަން މަައުލޫމާތު ލިބެއެވެ.
ރ. ވާދޫ އެފްސީގެ އޮފިޝަލަކު ވިދާޅުވީ، ކުޅެން އެރި ގިނަ ކުޅުންތެރިން ތިބީ ހުން އައިސްފައި ކަމަށެވެ. އަދި އެއް ކުޅުންތެރިއަކު އުޅެނީ އުކުޅުވަޅަށް ތަދެއް އަރައިގެން ކަމަށް ރ. ވާދޫ ލައިވްއާ ވާހަކަދެއްކި އޮފިޝަލް ވިދާޅުވިއެވެ.
ރ. އަތޮޅު ކައުންސިލުން، މި އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ ރ. އަތޮޅު ފުޓްސަލް މުބާރާތުގެ މައިގަނޑު މަޤުސަދަކީ އަތޮޅުގެ ރަށްރަށުގެ މެދުގައި އެކުވެރިކަން ބަދަހިކޮށް، ކުޅިވަރުގެ ރޫޙު ދިރުވާ އާލާކުރުމާއި، އަތޮޅުގައި ފުޓްސަލް މި ކުޅިވަރު ކުރިއަރުވަން އެހީތެރިވުމެވެ. ހަމައެހެންމެ، އަތޮޅުގައި ހުނަރުވެރި ފުޓްސަލް ކުޅުންތެރިން އުފެއްދުމާއި، ފުޓްސަލްގެ ހުނަރު އިތުރުކުރުމަކީ މުބާރާތް ބޭއްވުމުގެ މަޤުސަދެކެވެ.
ޗެމްޕިއަން ޓީމަކަށް 30،000 ރުފިޔާގެ ފައިސާގެ އިނާމެއް ދޭން ހަމަޖެހިފައިވާ މި މުބާރާތުގެ ރަނަރ-އަޕް ޓީމަށް ވެސް 20،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ރ. އަތޮޅު ކައުންސިލުން ވަނީ ނިންމާފައެވެ.
މި މުބާރާތުގައި ވާދަކުރުމަށް އެކުލަވާލި ރ. ވާދޫ އެފް.ސީގެ ސްކޮޑްގައި ހިމެނެނީ، ރ، ވާދޫގައި މި ވަގުތު އެންމެ ފާހަގަކޮށްލެވޭ ހުނަރުވެރި ޒުވާން ކުޅުންތެރިންތަކެެކެވެ.
|| މި މުބާރާތުގައި ވާދޫ އެފް.ސީގެ މީޑިއާ ޕާޓްނަރަކީ ރ. ވާދޫ ލައިވް
