ރ. ހުޅުދުއްފާރު ޒުވާނުންގެ ރޫހުގެ ”ރިނިއުވަލް“ އަށް ”ވެށި ސްމޯލް ގްރާންޓް“ ދީފިއެވެ.
ތިމާވެށްޓާ ބެހޭ ވުޒާރާއިން ބުނީ، ”ވެށި ސްމޯލް ގްރާންޓް“ގެ ދަށުން އެހީ ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލުމާއެކު 43 ފަރާތަކުން ޕްރޮޕޯސަލް ހުށަހަޅާފައިވާ ކަމަށެވެ. އޭގެތެރޭގައި އެކި ރަށްތަކުގެ ކައުންސިލުތަކާއި އަދި ޖަމިއްޔާތައް ހިމެނެއެވެ.
މި ގްރާންޓުގެ ދަށުން އެހީ ލިބުނު ފަރާތްތަކަށް ލިޔުން ހަވާލުކޮށްދެއްވީ ތިމާވެށްޓާ ބެހޭ ވަޒީރު އައިމިނަތު ޝައުނާއެވެ.
މި ގްރާންޓުގެ ދަށުން އެހީ ލިބިފައިވަނީ:
- ހުޅުދުއްފާރު ޒުވާނުންގެ ރޫހުގެ ”ރިނިއުވަލް“
- ހދ. ވައިކަރަދޫ ކައުންސިލްގެ ޕްރޮޖެކްޓް ”ވައިތާޒާ“
- ޒީރޯ ވޭސްޓް މޯލްޑިވްސްގެ ”ސަސްޓެއިނަބަލް ވޯޓަރ އަލްޓަނޭޓިވްސް ޕްރޮގްރާމް“ ނުވަތަ ސްވެޕް
- ދަ ސްމޯލް އައިލެންޑް ކޮންސާވެންސީގެ ”ތޮއްޑޫ އެގްރޯސޭފް“
- އެފްސީ ފްރިގޭޓާގެ ”އީ-ވޭސްޓް ކެއާ“
- އއ. މާޅޮހު ކައުންސިލުގެ ”މަލަ ނަލަ މާޅޮސް“
- މޯލްޑިވްސް ފެޓްލޭންޑް ފައުންޑޭޝަންގެ ”ސޭފް ގާޑިން ޓުމޯރޯ“
”ވެށި“ ސްމޯލް ގްރާންޓް“ އަކީ ނުރައްކާތެރި ކުނި އަދި ކެމިކަލް މެނޭޖްކުރުމަށް ހާއްސަކޮށްފައިވާ އެހީއެކެވެ.
މި ޕްރޮގްރާމްގެ ދަށުން ނުރައްކާތެރި ކުނި އަދި ކެމިކަލް މެނޭޖްކުރުމަށް ޕްރޮޕޯސަލް ކާމިޔާބު ކުރި 4 އެން.ޖީ.އޯ، 2 ކައުންސިލް އިދާރާ އަދި އެއް ކްލަބް ޖަމިއްޔާ ހިމެނޭގޮތަށް 7 ފަރާތަކަށް ގްރާންޓް ލިބުނުކަމުގެ ލިޔުން ވަނީ ހަވާލުކޮށްދެއްވާފައެވެ.
