ރ. އިންނަމާދޫގެ އިޖުތިމާއި ސަރަހައްދުތައް ސާފުކޮށްދޭނެ ފަރާތެއް ހޯދަން އެ ރަށު ކައުންސިލުން އިއުލާންކޮށްފިއެވެ.

މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާއިން ކުރި އިއުލާނެއްގައި ބުނީ، އެރަށު އިޖުތިމާއީ ސަރަހައްދުތައް ކުނިކަހާ ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ ކަމަށެވެ. އަދި، މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާ ކަމަށެވެ.

ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން އެ ކައުންސިލްގެ އިއުލާނަށް އެއްކަރުދާސްކޮށްފައިވާ ބިޑް ރެޖިސްޓްރޭޝަން ފޯމު ފުރިހަމަ ކުރުމަށްފަހު info@innamaadhoo.gov.mv އަށް މެއިލް ކުރުމުން ނުވަތަ ކައުންސިލްގެ ނަންބަރ: 7380052 އަށް ވައިބަރ ކުރުމުން ބީލަމުގައި ރަޖިސްޓަރީ ކުރެވޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.

އިއުލާނުގައިވާ ގޮތުގައި ބީލަމުގައި ރަޖިސްޓްރީ ކުރެވުނުކަން ކަށަވަރު ކުރުމަކީ ރަޖިސްޓަރީ ކުރުމަށް ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށެވެ.

މި ބީލަމުގައި ރަޖިސްޓަރީވެވޭނެ އެންމެ ފަހު ވަގުތަކީ 2024 ޖަނަވަރީ 18 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:30އެވެ.


ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2024 ޖަނަވަރީ 21 ވާ އާދިއްތަ ދުވަހުގެ 13:00 ގައި އިންނަމާދޫ މިކައުންސިލް އިދާރާގައެވެ.