ބޮމެއް އޮތް ކަމަށް ބުނެ ބިރުދެއްކި މީހަކު ހަނިމާދޫ އެއާޕޯޓުން މިއަދު ފުލުހުން ވަނީ ހައްޔަރުކޮއްފައެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ރ. ވާދޫ ލައިވްއަށް މައުލޫމާތު ދެއްވަމުން އެ ޚިދުމަތުގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ހަނިމާދޫ އެއާޕޯޓު އަށް މިއަދު ފުރަންގޮސް ހުރީ ދިވެހި ފިރިހެނަކު ބޮމެއް އޮތްކަމަށް ބުނެ ބިރުދެއްކީ މައްސަލައާއި ގުޅިގެން އޭނާ ވާނީ ހައްޔަރުކޮއްފައެވެ.

އަދި މިހާރު މި މައްސަލަ ފުލުހުން މިހާރު ދަނީ އިތުތަށް ތަހުގީގު ކުރެމުންކަމަށެވެ.

މީގެ ކުރިން ވެސް އެއާޕޯޓްތަކުން ވަނީ މިފަދަ މައްސަލަތަކުގައި މީހުން ހިފަހައްޓައި ތަހުގީގުކޮށްފައެވެ. އެކަމަކު މީގެ މައްސަލައެއްގައި މިހާތަނަށް މީހަކަށް ދައުވާކުރި ކަމެއް އެނގިފައެއްނެތެވެ.