އުރީދޫ މޯލްޑިވްސްއިން ރޯދަމަހާ ގުޅުވައިގެން ކޮންމެ އަހަރަކުވެސް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް ގިނަ ޕްރޮމޯޝަންތަކާއި ހަރަކާތްތައް ކުރިއަށް ގެންދެއެވެ. މިގޮތުން މިއަހަރުގެ ރޯދަމަހުވެސް ތަފާތު ޕްރޮމޯޝަންތަކާއި ހަރަކާތްތައް އެ ކުންފުނިން ވަނީ އިފްތިތާހުކޮށްފައެވެ.
ހަދިޔާފޮށި: މިދިޔަ އަހަރެކޭވެސް އެއްގޮތަށް މިއަހަރުވެސް އުރީދޫގެ ކަސްޓަމަރުންނަށް ހަދިޔާފޮށީގައި ބައިވެރިވެވޭނެއެވެ.
އުރީދޫ ސުޕަރއެޕްގައި ހަދިޔާ ފޮށި މެދުވެރިކޮށް އެތައް އިނާމުތަކެއް ލިބުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެ. މީގެ ތެރޭގައި ކޮންމެ ދުވަހަކުލިބޭ އިނާމުތަކާއި ހަފްތާއަކު އެއް ފަހަރު ލިބޭ ހަދިޔާ ހިމެނޭ ެއެވެ. ހަދިޔާ ތަކުގެ ތެރޭގައި ބޯނަސް ޑޭޓާ، ގިފްޓް ވައުޗަރ، މޮބައިލް ފޯނު، ޕީއެސް 5 އަދި އެޕަލް ވިޝަން ޕްރޯ ހިމެނެއެވެ.
ރޯދަ ހަދިޔާ: 500ރ އިން މަތީ ޑޭޓާ ޕެކް ނެގުމުން %60 އާހަމައަށް ބޯނަސް ޑޭޓާ ލިބިގެންދާނެ. ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް ކަސްޓަމަރުންނަށް ވެސް މި އޮފަރ ގައި ބައިވެވޭނެއެވެ.
ގިފްޓް އަ ޕެކް: ރޯދަ މަހުގެ ތެރޭގައި ފަށާ މިއޮފަރ ގައި އެއް ކަސްޓަމަރުގެ ފަރާތުން އަނެއް ކަސްޓަމަރަށް ޑޭޓާ ޕެކް ހަދިޔާ ކުރެވޭނެއެވެ.
ސުޕަރނެޓު އެކްޓިވޭޓް އެންޑް ވިން: އަލަށް ސުޕަރނެޓު ނަންގަވާ ފަރާތްތަކުގެ މެދުގައި ކޮންމެ ހަފްތާއަކު ނެގޭ ގުރުއަތަކުން ހޮވޭފަރާތަކަށް ހާއްސަ އިނާމެއް ލިބޭނެ. ކޮންމެ ހަފްތާއަކު ގްރޭޓާރ މާލެ އޭރިއާ، ސެންޓްރަލް، ނޯތު އަދި ސައުތު ރީޖަން އިން ނަސީބުވެރިން ހޮވާނެއެވެ.
އިފްތާރު ޕެކް ހަދިޔާ ކުރުން: އެމް-ފައިސާ މެދުވެރިކޮށް ފަސޭހަކަމާއެކު ކޮންމެ ތަނެއްގައި ހުރެގެންވެސް އިފްތާރު ޕެކެއް ހަދިޔާ ކުރެވޭނެއެވެ.
މި ޕެކްތައް ބެހުމަށް ހަމަ ޖެހިފައިވަނީ ބުރުޒު ކޭޓަރިންނާއެކު މިސްކިތްތަކަށެވެ.
ޕްރޭޔަރ އެލާޓް: އެކްޓިވޭޓް ކުރުމުން ނަމާދު ވަގުތުގެ 15 މިނިޓު ކުރިން އެލާޓެއް ފޯނަށް ލިބޭނެއެވެ. މި ޚިދުމަތަށް އިތުރު އަގެއް ނުނަގާނެއެވެ.
މީގެ އިތުރަށް އުރީދޫ މޯލްޑިވްސްގެ މިރޯދަމަހު ތައާރަފު ކުރި ސީ.އެސް.އާރު ޕްރޮގްރާމް ”އިސްރަށްވެހިންނާއި އެކު“، ފާހަގަކޮށްލެވެއެވެ.
