ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ބޯކޮށް ވާރޭވެހުނީ ރ. އަލިފުށްޓަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ – މެޓް އޮފީހުން ބުނެފިއެވެ.
މެޓް އޮފީހުން ވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވާރޭވެހިފައިވާ އަދަދުތަކުގެ ތަފާސްހިސާބުތައް އާންމުކޮށްފަ.
އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ފާއިތުވި 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭވެހިފައިވަނީ އަލިފުށްޓަށް. އެ ރަށް 40.4 މިލިމީޓަރުގެ ވާރޭވެހިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކާ.
ދެން އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް ތަފާސްހިސާބުތަކުން ދައްކަނީ ނ. މާފަރަށް. ތިން ވަނައަށް އެންމެ ބޯކޮށް ވާރޭވެހުނީ ހދ. މަކުނުދޫއަށް.
ފާއިތުވެދިޔަ 24 ގަޑިއިރު ބޯކޮށް ވާރޭވެހުނު ސަރަހައްދުތައް:
ރ. އަލިފުށި – 40.4 މިލިމީޓަރު
ނ. މާފަރު – 40.1 މިލިމީޓަރު
ހދ. މަކުނުދޫ – 37.9 މިލިމީޓަރު
ށ. ކޮމަންޑޫ – 29.7 މިލިމީޓަރު
ހުޅުލެ – 26.1 މިލިމީޓަރު
މާލެ – 21.1 މިލިމީޓަރު
ހއ. ކެލާ – 19.8 މިލިމީޓަރު
ހދ. ކުޅުދުއްފުށި – 19.1 މިލިމީޓަރު
މާލެ – 21.1 މިލިމީޓަރު
ފާއިތުވެދިޔަ 24 ގަޑިއިރު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބޯކޮށް ވާރޭވެހި ވަރަށް ބޮޑަށް ގުގުރާފައިވާއިރު، ބައެއް ރަށްތަކުގައި ފެންބޮޑުވުވުމުގެ ހާދިސާތައް ހިނގާފައިވެއެވެ.
ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ކުރިއަށް ލަފާކޮށް މެޓް އޮފީހުން ބުނެފައި ވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.