ރ. އުނގޫފާރު ޕާކު ސަރަހައްދުގެ މަގުމަތީގައި ކުޅެންއުޅުނު 2 ކުއްޖަކާއި ޒުވާން ފިރިހެން ކުއްޖަކު، ޕާކު ކަންމަތީ ހުރި މަގު ބައްތިއަކުން ކަރަންޓުގައި ޖެހިގެން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާގޮތުން އޭގެ ތެރޭގައި ހިމެނެނީ 18 އަހަރުގެ ޒުވާނަކާއި 12 އަހަރުގެ އަންހެން ކުއްޖެއް އަދި 8 އަހަރުގެ ފިރިހެން ކުއްޖެކެވެ.

18 އަހަރުގެ މީހާއަކީ އެކުދިން ސަލާމަތް ކުރަން ދިޔަ ފަރާތެއްކަމަށް ވެއެވެ.