މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ރެދަންބީޗު ހިމެނޭ ސަރަހައްދު މޫދުގައިވާ ހުއިގަނޑު ނެގުމަށް އީއައިއޭ ހަދައިދޭނެ ފަރާތެއް ހޯދުމަށް ވާދޫ ކައުންސިލުން އިއުލާާންކޮށްފިއެވެ.
ވާދޫ ރެދަންބީޗު ހިމެނޭ ސަރަހައްދުގެ މޫދުގައިވާ ހުއިގަނޑު ނެގުމަށް އީއައިއޭ ހަދައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށާއި އެ މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ޝަރުތު ހަމަވާ ފަރާތްތަކުން 2024 ޖޫން 23 ވަނަ ދުވަހުގެ ނިޔަލަށް (ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 12:00 އަށް) ނަންނޯޓު ކުރުމަށް ވާދޫ ކައުންސިލުން ކުރި އިއުލާާނުގައިވެއެވެ.
އެ މަސައްކަތާއި ގުޅިގެން ނަންނޯޓު ކުރައްވާފައިވާ ފަރާތްތަކުން އިތުރަށް މައުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ އެފަރާތްތަކަށް މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ، 2024 ޖޫން 23 ވާ އާދިއްތަ ދުވަހުގެ މެންދުރު 12:30 ގައި ވާދޫ ކައުންސިލް އިދާރާގެ ކޮންފަރެންސް ހޯލުގައި ކަމަށާއި 2024 ޖުލައި 03 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ގައި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް އެ އިދާރާއިން އެދެއެވެ.
ވާދޫ ކައުންސިލުން ބުނީ އަންދާސީ ހިސާބުތައް ކެނޑުން އޮންނާނީ 2024 ޖުލައި 03 ވާ ބުދަ ދުވަހުގެ ހެނދުނު 11:01 ގައި ވާދޫ ކައުންސިލް އިދާރާގެ ކޮންފަރެންސް ހޯލުގައި ކަމަށެވެ.
އެ މަސައްކަތް ކުރުމަށް އެދި އަންދާސީ ހިސާބު ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ނަންބަރު 2014/18) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ބީލަމުގައި ބައިވެރިވުމަށް ނަންނޯޓު ނުކުރާ ފަރާތްތަކާއި ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ކަމަށް ވާދޫ ކައުންސިލުން ބުނެއެވެ.
ވާދޫ ރެދަންބީޗު ހިމެނޭ ސަރަހައްދު މޫދުގައިވާ ހުއިގަނޑު ނެގުމަށް އީއައިއޭ ހަދައިދޭނެ ފަރާތެއް ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން މައުލޫމާތު ސާފުކުރަން ބޭނުންވާނަމަ، އެ އިދާރާއަށް ވަޑައިގެން އަދި އެ އިދާރާގެ ނަންބަރު 4000299 ފޯނަށް ގުޅުއިގެން ނުވަތަ info@vaadhoo.gov.mv އަށް މެއިލް ކުރައްވައިގެން މައުލޫމާތު ސާފުކުރެއްވުމަށް ވާދޫ ކައުންސިލުން އެދެއެވެ.
