މިދިޔަ އަހަރުގެ ބޮޑު ޢީދާ ދިމާކޮށް ”ކޯޑި“ ލަވަ ނެރުނު ނ. މަނަދޫ ހިޔަލަ ގުރޫޕުން މިއަހަރުގެ ޢީދާ ދިމާކޮށްވެސް ހިތްގައިމު ވީޑިއޯ ލަވައެއް ނެރެފިއެވެ.
މިފަހަރުގެ ލަވައިގައި ދައްކައިދީފައިވަނީ އިހުޒަމާނުގައި އީދު ބޯކިބާ ފޮރުވަން ބައެއް ރަށްރަށުގައި މީހުން އުޅުނު ގޮތެވެ. މިއީ މިހާރު ވެސް ބައެއް ރަށްރަށުގައި ކުރާ ކަމެކެވެ. މަރިޔަމް އަޝްފާ ކިޔާފައިވާ މި ވީޑިއޯ ލަވައިގެ އެޑިިޓިންގެ މަސައްކަތް ކުރީ ވީޑިއޯގްރާފަރު އިބްރާހިމް ސުޖާއުއެވެ. ލަވައިގެ ލިރިކްސް ހެދީ ހިޔަލަ ގްރޫޕުގެ އެސިސްޓެންޓް މެނޭޖަރު އަބްދުﷲ ޝާހިދުއެވެ. އަދި އޯޑިއޯގެ ހުރިހާ މަސައްކަތެއް ކޮށްފައި ވާނީ ”އެއްކާފް ސްޓޫޑިއޯ“ އިންނެވެ.
ހިޔަަލަ ގްރޫޕުން ކޮންމެ އަހަރަކު ވެސް އީދަށް ހާއްސަ ލަވައެއް ނެރެ އެވެ. މި ލަވާގައި އެ ގްރޫޕްގެ ހުރިހާ ނެށުންތެރިން ފެނެ އެވެ.
މަޝްހޫރު ނެށުންތެރިންގެ ގްރޫޕް ހިޔަލައިން މިދިޔަ އަހަރުވެސް ދޫކޮށްލީ ވީޑިއޯ ލަވައެކެވެ.
”ސަގާފީ ތަރާނާ“ ގެ ނަމުގައި އޭގެ ކުރީ އަހަރުވެސް ހިތްގައިމު ވީޑިއޯ ލަވައެއް ނެރެފައިވާ ހުނަރުން ފުރިގެންވާ ހިޔަލަ ގްރޫޕުން މިދިޔަ އަހަރު ނެރުނީ ކޯޑިއެވެ. ޢީދުގައި ކުޅޭ ކޯޑި ކުޅިވަރު މައިގަނޑަށް ފައްތައިގެން ކިޔައިދީފައި ވަނީ ލޯބީގެ ކުޅިގަނޑެއްގެ ވާހަކައެވެ. ޒުވާން ފިރިހެނަކު ޢީދަށް ރަށަކަށް ކުރި ދަތުރެއްގައި ދިމާވާ އަންހެން ކުއްޖަކަށް ހިތްކިޔާ ހިސާބުން ހިނގާ ކަންތައްތަކެވެ.
”ކޯޑި“ ލަވަކިޔާފައި ވަނީ ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ އަދި ބޮޑުބެރު ލަވަކިޔުންތެރިޔާ ހަމްދާން ސަލީމް (އަންނަ) އެވެ.
ހިޔަލައިގެ ފާހަގަކޮށްލެވޭ އެހެން އުފެއްދުންތަކަށް ބަލާއިރު ”އަންހެން ދަރިންގެ ހައްގުގައި“، ”ޢީދު ބޮލަށް ގޮން“ ފަދަ ވީޑިއޯ ލަވަތައް ފާހަގަކޮށްލެވެއެވެ.
ގިނަ ބައެއްގެ މެދުގައި މަގުބޫލް މަނަދޫ ”ހިޔަލަ“ ގްރޫޕުން އަންނަނީ ރަށްރަށުގައްޔާއި ރިސޯޓާ އަދި އެހެން ބޮޑެތި ޝޯތަކުގައި ވެސް ޕާފޯމްކުރަމުންނެވެ.
އީދު މުނިފޫހިފިލުވުން
