ރ. ވާދޫއިން އަލަށް ގޯތި ދޫކުރާ ސަރަހައްދުތަކުގައި ހުރި ރުއްތައް ނަގައިދޭނެ ފަރާތެއް ހޯދުމަށް ރަށު ކައުންސިލުން އިއުލާންކޮށްފިއެވެ.

މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާއިން ބުނީ، ވާދޫއިން އަލަށް ގޯތި ދޫކުރާ ސަރަހައްދުތަކުގައި ހުރި 206 ރުއް ނަގައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ.

އެހެންވެ، އެ ރުއްތައް ނެގުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދޭ ފޯމާއެކު 2024 ނޮވެމްބަރ 12 ވަނަ ދުވަހުގެ 11:00 ގައި އެއިދާރާއަށް ހުށަހެޅުމަށް ވަނީ އެދިފައެވެ. ވާދޫ ކައުންސިލުން ބުނެފައިވާ ގޮތުގައި ފޯމުތައް އޮންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ފޯމުތައް ކެނޑުން އޮންނާނީ ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައި 2024 ނޮވެމްބަރ 12 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:01 ގައި އެ އިދާރާގެ ކޮންފަރެންސް ހޯލުގައި ކަމަށްވެސް ވަނީ ބުނެފައެވެ.

ޝައުގުވެރިކަން ފާޅުކުރާ ފޯމު ގެޒެޓްގައިވާ އިއުލާނާއެކު އާއްމުކޮށްފައިވެއެވެ.

އިޢުލާނާ ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ، ވާދޫ ކައުންސިލްގެ އިދާރާއަށް ހާޒިރުވެގެން ނުވަތަ އެ އިދާރާގެ ނަންބަރު 4000299 ފޯނަށް ގުޅައިގެން ނުވަތަ [email protected] އަށް މެއިލް ކޮށްގެން މައުލޫމާތު ސާފުކުރުމަށް އެ ކައުންސިލުން އެދެއެވެ.