ޗައިނާގެ އެހީގައި އިތުރު 50 ކައުންސިލް އިމާރާތް މި އަހަރު ތެރޭ އަޅަން ނިންމާފައިވާ ކަަމަށް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްއިން ވިދާޅުވެއްޖެއެވެ.
އެ މަޝްރޫއުގައި ރ.ވާދޫ ކައުންސިލް އިމާރާތް އެޅުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މަލޭޝިއާ ކުންފުންޏަކާއެކު 55 ކައުންސިލް އިދާރާ އިމާރާތް ގާއިމް ކުރުމަށް އިއްޔެ ވަނީ ހަވާލުކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން ތަންތަން ނިންމާ ފަރުނީޗަރާއެކު ގާއިމުކުރެވޭނެއެވެ.
މި މަޝްރޫއުގައި ހިމެނެނި 2 ބުރިއަށް އިމާރާތްކުރާ 27 ކައުންސިލް އިދާރާ ހިމެނޭއިރު، މަސައްކަތް ފަށާތާ 18 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން 1 ބުރީގެ ޢިމާރާތްތައް މަސައްކަތް ފަށާތާ 1 އަހަރު ދުވަހުގެތެރޭގައި ނިންމޭނެކަމަށް އުންމީދު ކުރާ ކަމަށް ސަރުކާރުން ހާމަކުރެއެވެ.
ޗައިނާގެ އެހީގައި އަޅުއްވާ އެ ކައުންސިލް އިދާރާތަކުގެ އަމަލީ މަސައްކަތް މި އަހަރު ފެށޭނެ ކަަމަށް ވެސް ސަރުކާރުން ބުނެއެވެ.
