މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފަށްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅުގެ ވެރިކަންކުރާ ރަށް ރ. އުނގޫފާރަށް ވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އުނގޫފާރަށް މިއަދު ހަވީރު ވަޑައިގަތުމުން، އެރަށުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. އެގޮތުން ރައީސާ ސަލާމްކުރެއްވުމަށް ބަނދަރު ސަރަޙައްދަށް ގިނަ އަދަދެއްގެ އާންމުން ވަނީ އެއްވެފައެވެ.
އުނގޫފާރާކީ ރ. އަތޮޅުން އެމަނިކުފާނު މިއަދު ވަޑައިގެންނެވި 4 ވަނަ ރަށެވެ. އުނގޫފާރަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
