ބޭނުންވާނެ ތަކެތި
- 1 ފިޔާ (ބޮޑު)
- 3 މިރުސް
- 1 ހިކަނދިފަތް
- 2/1 1 ލުނބޯ
- 2 ދަޅު މަސް
- ރަހަލާ ވަރަށް ލޮނުކޮޅެއް
- ތެލުލާފަހުރި ޕޮޓޭޓޯ ޗިޕްސް (ދިގު ކޮށް ކޮށާފަ ހުރި)
- 4 ޓޮމާޓޯ (ސްލައިސް ކޮށް ކޮށާފަ)
- 4 ބިސް
ހައްދަވާނެގޮތް
ފިޔާ މިރުސް ހިކަނދިފަތް ކޮށާފަ ލޮނުލާފަ ރަނގަޅަށް މޮޑެލާނީއެވެ. ދެން މަސް ދަޅު ތައް އަޅާފައި މަސްހުނި މޮޑޭހެން މޮޑެލާނީއެވެ. އެއަށްފަހު ދެން ތަވާގައި މާޖިރިން އުނގުޅާފައި ސްލައިސްޑް ޓޮމާޓޯ ލޭޔަރެއް އަޅާފައި އޭގެ މައްޗަށް މަސްހުނި ލޭޔަރެއް އާޅާނީއެވެ. އަނެއްކާވެސް ޓޮމާޓޯ އަޅާނީ، ދެންސް ޗިޕްސް އަތުރާފަ އޭގެ މައްޗަށް މަސްހުނި ލޭޔަރެއް އަޅާނީއެވެ. އެންމެ މެ ފަހުން ގިރާފަ ހުރި ބިސް ތަވާގަ ހުރި ތަކެތީގެ މައްޗަށް މަތި ފޮރުވޭ ވަރަށް އަޅާނީއެވެ. ދެން މަޑުގިނީގައި މަތި ޖަހައިގެން ފިހާނީއެވެ.
