ސިންގަޕޫރުގެ ހާރިޖީ ސިޔާސަތު ކަނޑައެޅުމުގައި ސިންގަޕޫރުގެ ސިޔާދަތުގައި ހުރި ގުދުރަތީ މުއްސަނދިކަމާއި އެކިއެކި ޒަމާންތަކުގައި ސިންގަޕޫރުގެ މައްޗަށް ބާރު އޮތް އެހެނިހެން ފަރާތްތަކުން ސިންގަޕޫރަށް ބާރުފޯރުވިއިރު ކަންކަންކޮށްފައިވާ ގޮތްގޮތަށް ބަލައި ރިޔާއަތްކޮށްފައިވެއެވެ. 14 ވަނަ ގަރުނުން ފެށިގެންވެސް ސިންގަޕޫރަކީ ބައިނަލަޤުވާމީ ވިޔަފާރި ދަތުރުފަތުރުގައި މުދާ އެއްގަމުން އަނެއްގައުމަށް ގެންދިއުމުގައި މަޤުބޫލު އަދި މުހިއްމު މަންޒިލެކެވެ. 19 ވަނަ ގަރުނުގައި އިނގިރޭސިންގެ އިސްތިއުމާރުގައި ސިންގަޕޫރު އޮތް އިރު ސިންގަޕޫރުގައި ބައިނަލްއަޤުވާމީ އެކިއެކި ވިޔަފާރި އުފެދެން ފެށުމުން ސިންގަޕޫރަށް އެހެނިގެން ގައުމުތަކުން މީހުން ހިޖުރަކުރުމަށް މަޤުބޫލު މަންޒިލަކަށްވިއެވެ. މިހެންވުމުގެ ސަބަބުން ސިންގަޕޫރުގައި ސީނުކަރަ، އުތުރުކަރަ، މެލޭ ޕެނިންސުލާ ފަދަ ދަރިފަސްކޮޅު އުޅެން ފެށިއެވެ.

ހަމައެހެންމެ، ދެވަނަ ބޮޑު ހަނގުރާމަ ހިނގަމުން ދިޔައިރު 1942 ވަނަ އަހަރުން ފެށިގެން 1945 ވަނަ އަހަރާދެމެދު ޖަޕާނުން ސިންގަޕޫރަށް އަތްގަދަކޮށްގެން އުޅުނު އުޅުން ވެގެން ދިޔައީ ސިންގަޕޫރުގެ ހާރިޖީ ސިޔާސަތުގައި އަމިއްލަ ބާރުވެރިކަން އޮތުން ކޮންމެހެންޖެހޭ ކަމެއްގެތުގައިބަލާ ސިންގަޕޫރުގެ މަސްލަހަތު އިސްކޮށްގެން ސިޔާސަތު ކަނޑައެޅުމަށް އާބާރެއްލާއި ފިޔަވަޅު އަޅަންޖެހުންކަމަކަށެވެ. ސިންގަޕޫރުން އަމިއްލަ މަސްލަހަތު އިސްކޮށްގެން ހާޖިރީ ސިޔާސަތު ކަނޑައެޅުމުގައ ހިނގާއިގަނެވުނީ ގަތަރުންވެސް ހަމަ އެގޮތުގެ މަތިން އަމިއްލަ ގައުމަށް އިސްކަންދީގެން ކަންކަން ނިންމުމުގެ ވިސްނުން ފެށިއިރުއެވެ.

ދެވަނަ ބޮޑު ހަނގުރާމަގައި ޖަޕާނު ބަލިވެ ސިންގަޕޫރު އަނެއްކާވެސް އިނގިރޭސީންގެ އަތްދަށަށް ދިޔައެވެ. ސިންގަޕޫރު މިނިވަން ޤައުމެއްގޮތުގައިވީ 1971 އެއްވަނަ އަހަރުއެވެ. ސިންގަޕޫރު އިސްތިއުމާރުގެ ދަށުން ސަލާމަށްވުމަށްފަހު ސިންގަޕޫރު ގެންގުޅެފައިވަނީ ދޭދޭ ޤައުމުތަކާއެކު އެއްވެސް ފަރާތަކަށްނުޖެހި ދުނިޔޭގެ ކޮންމެ ފަރާތަކަށްވެސް ފުރުޞަތު ހުޅުވިފައިވާ ޤައުމެއްގޮތުގައި ސިޔާސަތު ކަނޑައަޅާ އެގޮތުގެމަތިން ޤައުމު އާރާސްތުކުރަމުން ދިޔައެވެ.

ސިންގަޕޫރުގައި 1956 ވަނަ އަހަރުގައި ހިންގާދިޔަ ހަމަނުޖެހުމުގައި ”ދި ޕީޕުލްސް އެކްޝަން ޕާޓީ“ 1959 ވަނަ އަހަރުގެ އިންތިހާބު ކާމިޔާބުކޮށް ސިންގަޕޫރުގެ ވެރިކަން ”ލީ ކުއަން ޔޫ“ ޕުރައިމް މިނިސްޓަރގެ ގޮތުގައި ހަވާލުވެ މިހާރު ސިންގަޕޫރު ދެކެމުންދާ އުފެއްދުންތެރިކަމާއި، އިޤްތިޞާދާއި ތަހުޒީބާއި ތަމައްދުނު ފެށިގެން ދިޔައެވެ.

އާދެ، ސިންގަޕޫރަކީ ގުދުރަތީ މުއްސަނދިކަށް ލިބިފައިނުވާ ކުދި ޤައުމުތަކަށްވެސް ތަހުޒީބާއި ތަމައްދުނު ގެނެވޭނެކަން ސާބިތުކޮށްދީފައިވާ ޤައުމަށް އިޙްލާސްތެރި ވެރިކަމެއް ފެނިގެން ގޮސްފައިވާ ޤައުމެކެވެ.