މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލުން ރ. އަލިފުށީގައި ގާއިމުކުރި ޒަމާނީ ދެ ވޮލީ ކޯޓު ހުޅުވައިފިއެވެ.
ހުކުރު ދުވަހުގެ ރޭ އަލިފުށީ ސްޕޯޓްސް އެރީނާގައި ބޭއްވި ރަސްމިއްޔާތެއްގައި ވޮލީ ކޯޓުތައް ހުޅުވައިދެއްވީ އެ ކައުންސިލްގެ ރައީސް އާދަމް އިމްރާންއެވެ. އަލިފުށީ ކައުންސިލްގެ ރައީސްގެ އިތުރުން އެ ކައުންސިލްގެ މެމްބަރުން ވަނީ ހުޅުވުމުގެ ޝަރަފުގައި ބައިވެރިވެވަޑައިގެންފައެވެ.
އަލިފުށީ ސްޕޯޓްސް އެރީނާގައި ހުޅުވި ދެ ވޮލީ ކޯޓަކީ ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ 100 އިންސައްތަ އެ ރަށު ކައުންސިލުން ހިންގި މަޝްރޫއެއްގެ ނަތީޖާއެވެ.

އަލިފުށީ ކައުންސިލުން ގާއިމުކުރި ޒަމާނީ ދެ ވޮލީ ކޯޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައިރ. ރ. އަތޮޅު ކައުންސިލްގެ ރައީސް ހުސައިން ނާސިފާއި އަވަށްޓެރި ރަށްރަށުގެ ކައުންސިލްތަކުގެ ބައެއް އިސްވެރިން، އަލިފުށީ ކައުންސިލްގެ މެމްބަރުންނާއި މުވައްޒަފުން އަދި އެ ރަށުގެ އާންމުން ބައިވެެރިވިއެވެ.
ވޮލީ ކޯޓު ހުޅުވުމުގެ ރަސްމިއްޔާތަށްފަހު އެކުވެރިކަމުގެ މެޗުތަކެއް ކުޅެފައިވެއެވެ.
