ރ. އަތޮޅު ކައުންސިލް އިދާރާގެ ވަށާފާރު ރާނައިދީ އަދި ވޯކްވޭ ހަދައިދޭނެ ފަރާތެއް ހޯދަން މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާއިން އިއުލާންކޮށްފިއެވެ.

ރ. އަތޮޅު ކައުންސިލުން ބުނީ، އެ ކައުންސިލުން ފޯރުކޮށްދޭ މައުލޫމާތާއި ކުރެހުމާއި އެއްގޮތަށް ރ. އަތޮޅު ކައުންސިލް އިދާރާގެ ވަށާފާރު ރާނައިދީ، ގޯތިތެރޭގައި ވޯކްވޭއެއް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. އަދި އަމިއްލަ ތަކެތީގައި މި މަސައްކަތަށްކޮށްދޭން ޝައުޤުވެރިވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވެ އަންދާސީ ހިސާބު ހުށަހެޅުމަށް އެދޭ ކަމަށެވެ.

ބީލަމުގައި ރެޖިސްޓަރވުމަށް ގެޒެޓްކޮށްފައިވާ އިއުލާނުގައި އެޓޭޗްކުރެވިފައިވާ ރެޖިސްޓްރޭޝަން ފޯމް ފުރުމަށްފަހު info@rac.gov.mv  އަށް ސުންގަޑި ހަމަވުމުގެ ކުރިން ފޮނުވުން އެދޭ ކަމަށްވެސް މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާއިން ކުރި އިއުލާންގައި ބުންޏެވެ.

ބީލަމުގައި ރެޖިސްޓްރީވުމުގެ ސުންގަޑިއަކީ 21 ޖުލައި 2025ގެ 13:00އެވެ. އަދި މައުލޫމާތު ސާފުކުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ 24 ޖުލައި 2025ގެ 13:00ގެ ނިޔަލަށެވެ.

އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަޑިއަކީ  31 ޖުލައި 2025ގެ 13:00އެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ރ އަތޮޅު ކައުންސިލް އިދާރާގެ ސެމިނަރ ރޫމްގައެވެ.