ރ އަތޮޅުގެ އެންމެ ފޯރިގަދަ މުބާރާތް، އަރުތަ ފުޓްސަލްގެ 2025 ވަނަ އަހަރުގެ މުބާރާތުގައި 12 ރަށަކުން ބައިވެރިވުމަށް ރެޖިސްޓަރކޮށްފިއެވެ.

ބައިވެރިވުމަށް ފުރުސަތު ހުޅުވާލި ވަގުތު ހަމަވި އިރު ރަޖިސްޓްރީކޮށްފައިވަނީ:

  1. ދުވާފަރު
  2. މީދޫ
  3. އިނގުރައިދޫ
  4. އަލިފުށި
  5. ކިނޮޅަސް
  6. އުނގޫފާރު
  7. އިންނަމާދޫ
  8. ހުޅުދުއްފާރު
  9. މަޑުއްވަރީ
  10. ވާދޫ
  11. މާކުރަތު
  12. ރަސްމާދޫއެވެ.

1 އޯގަސްޓް 2025ގައި ރަސްމާދޫގައި ފެށުމަށްހަމަޖެހިފައިވާ މި މުބާރާތަކީ ރ އަތޮޅު ކައުންސިލްގެ 4 ވަަނަ ދައުރުގައި ކުޅިވަރުގެ ދާއިރާއިން އަތޮޅުގައި ހުނަރުވެރިން އުފެއްދުމުގެ މަޤްސަދުގައި ބާއްވަންފެށި މުބާރާތުގެ 4 ވަނަ މުބާރާތެވެ.

މި މުބާރާތް ޖެހިޖެހިގެން 3 ފަހަރު ދުވާފަރުން ކާމިޔާބުކޮށްފައިވާ އިރު 3 އަހަރުވެސް ފައިނަލްގައި އިނގުރައިދޫ ކުޅެފައިވެއެވެ. މި އަހަރުގެ މުބާރާތަކީ މިހާތަނަށް އެންމެ ގިނަ އަދަދަކަށް ޓީމްތައް ބައިވެރިވާނެ ފަހަރުކަމުގައި ގަބޫލްކުރެވެއެވެ.