ރައިސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވަޢުދުފުޅާ އެއްކޮށް ހާފިޒުންނަށް ސަރުކާރުން ދެމުން އައި 2،000 ރުފިޔާގެ އެލަވަންސް 4،000 ރުފިޔާ އަށް ބޮޑުކުރުމަށް ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީއިން ހާމަކޮށްފައިވާ ގޮތުގައި، މިއީ ޤުރުއާން ހިތުދަސްކުރާ ދަރިވަރުންނަށް ހިތްވަރު ދިނުމުގެ ގޮތުން ކުރެވޭ ކަމެކެވެ. އަދި މިއާއި ގުޅިގެން ސަރުކާރުން ދެމުން ދިޔަ 2000 ރުފިޔާގެ އެލަވަންސް 4000 ރުފިޔާއަށް ބޮޑުކޮށް، މިއަދު ހާފިޒުންނަށް އެ އެލަވަންސް ޖަމާކޮށްފައިވާ ކަމަށް ވެސް މިނިސްޓްރީއިން ބުނެފައިވެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ހާފިޒުންނަށް ދޭ އެލަވަންސް ދެގުނަކުރަން ވަޒީރުންގެ މަޖިލީހުން ނިންމެވީ ޖޫން މަހުގައެވެ.

ރާއްޖޭގައި ޤުރުއާން ހިތުދަސް ހާފިޒުންގެ އަގު ވަޒަންކުރުމަކީ ރައީސް ޑރ.މުޢިއްޒުގެ ޢަމާޒެކެވެ.