ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ފަލަސްތީނުގެ ޣައްޒާގައި އިސްރާއީލުގެ ހަރުކަށި ޔަހޫދީ ފައުޖުތަކުން ހިންގި އުދުވާންތަކުގައި 80އަށްވުރެ ގިނަ މީހުން ޝަހީދުވެއްޖެއެވެ.
އިސްރާއީލުން ޣައްޒާގެ އެކި ސަރަހައްދުތަކުގައި ދެމުން ގެންދާ ހަމަލާތައް ވަރުގަދަކުރުމުގެ ސަބަބުން ފަލަސްތީނުގެ 83 މީހަކު ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޝަހީދުވެފައިވާއިރު އޭގެ ތެރޭގައި އެހީ ހޯދަން ނުކުމެ ތިބި 54 މީހަކު ވެސް ހިމެނެއެވެ.
ފަލަސްތީނުގެ އެތައްހާސް ރައްޔިތުން ބަނޑަށްޖައްސާފައިވުމުން، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަނޑުހައިހޫނުކަމުގެ ސަބަބުން ފަލަސްތީނުގެ އިތުރު އަށް މީހަކު މަރުވެފައިވާ ކަމަށް ޣައްޒާގެ ސިއްހީ އޮފިޝަލުން ވަނީ ހާމަކުރައްވާފައެވެ.
އިންސާނީ އެހީ ފޯރުކޮށްދިނުމަށް ފުރުސަތު ދިނުމުގެ ނަމުގައި، މިދިޔަ ހޯމަ ދުވަހު އިސްރާއީލުން ޣައްޒާއަށް އެހީގެ ތަކެތި ވެއްދުމަށް ހުއްދަ ދީފައިވަނީ އެންމެ 95 ޓްރަކަށެވެ. މިއީ އާބާދީގެ އަސާސީ ބޭނުންތައް ފުއްދުމަށް ދުވާލެއްގެ މައްޗަށް ބޭނުންވާ 600 ޓްރަކްގެ ސާމާނުގެ ތެރެއިން ތެރެއިން އެންމެ 15 އިންސައްތަ ޓްރަކްގެ ސާމާނެވެ.
މިހާރު ހިނގަމުންދާ ލާއިންސާނީ ނަސްލުނައްތާލުމުގެ ޖަރީމާގެ ސަބަބުން ޣައްޒާގައި މަދުވެގެން 61،020 މީހުން ޝަހީދުވެ، 150،671 މީހުން ޒަޚަމްވެފައިވެއެވެ.
މުޖާހިދުން ދިން ރައްދު ހަމަލާތަކުގައި 1،139 މީހުން ވަރުވެފައިވާއިރު 200 އަށް ވުރެ ގިނަ މީހުން ވަނީ ބަންދުކޮށްގެން ގެންގޮސްފައެވެ.
