ކޮންމެ މަންމަ އަކާއި ބައްޕައެއްގެވެސް އެދުމަކީ އަދި އުފަލަކީވެސް ދަރިފުޅު ރަނގަޅު ސިއްހަތެއްގައި ހުރުމެވެ. މި އުންމީދުގައި ދަރިފުޅުގެ ދުޅަހެޔޮ ސިއްހަތައްޓަކައި މަސައްކަތް ކުރަމުންދާ އައިމިނަތު ނަތާޝާ އަދި އާދަމް އިޙްސާން މިވަނީ އެދެމަފިރިންގެ ލޯބިވާ ދަރިފުޅު ސާރާގެ ފަރުވާއަށް ފުރަންގެހިފައިއެވެ. ސާރާއަކީ އެކްޒެމާގެ ސަބަބުން ނުހަނު ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަމުންދާ ކުއްޖެކެވެ.
އުމުރުން އެންމެ ނުވަ އަހަރުގެ ކުޑަކުޑަ ފާތިމަތު ސާރާ އިހުސާން، މި ދުނިޔޭގައި އެންމެ އުފަލުން ކުޅެންވީ އުމުރުގައި އުޅެންޖެހިފައި މިވަނީ ވަރަށް ވެސް ހިތާމަވެރި ހާލަތެއްގައެވެ. މާލެއަށް އުފަން އައިމިނަތު ނަތާޝާ ގާސިމް އާއި އާދަމް އިހުސާންގެ ހަތަރު ދަރިންގެ ތެރެއިން ދެވަނަ ދަރިފުޅު ސާރާގެ ހަށިގަނޑުގެ ހަންގަނޑުގެ ބޮޑު ބައެއް ހަލާކުވެ، އެއްވެސް ނިދި ނުލިބި ހާލުގައި ޖެހިފައިވާތީ އޭނާގެ މައިންބަފައިންނަށް ވެސް ވަނީ ފޫނުބެއްދޭވަރުގެ ބޮޑު ހިތާމައަކާ ކުރިމަތިލާންޖެހިފައެވެ. ސާރާއަށް މި ބަލި ޖެހިފައިވަނީ އުމުރުން އެންމެ އެއް އަހަރުގައެވެ.
ސާރާގެ ހާލަތާ ގުޅޭ ގޮތުން ސާރާގެ މަންމަ، އައިމިނަތު ނަތާޝާ ”ވާދޫލައިވް“އަށް މައުލޫމާތު ދެމުން ކިޔައިދީފައިވާ ގޮތުގައި، އެކްޒީމާގެ މި ބަލީގެ ސަބަބުން ސާރާގެ މޫނުމަތީގައިއާ،އަނގައިގެ ވަށައިގެން އަދި ފައިގެ ކުޑަކަޅުވާ މަތިންވެސް ވަނީ ވަރަށް ބޮޑަށްހަލާކުވެފައިއެވެ. އެންމެ ކުޑައިރު، އޭނާގެ މޫނުގައި ކުޑަ ރަތްކަމެއް ހުރި އިރު، ޑޮކްޓަރަށް ދެއްކުމުން އެއީ އެކްޒީމާކަމެއް ދެނެގަނެވިފައެއް ނުވެއެވެ. ޑޮކްޓަރުން ބުނެފައިވަނީ އެއީ ކުޑަކުދިންނަށް ދިމާވާ އާންމު ކަމެއް ކަމުގައެވެ. ނަމަވެސް، އުމުރުން ހަ އަހަރުވި ތަނުން ސާރާގެ ގައިގެ އެކި ތަންތަން މިހާ ބޮޑަށް ހަލާކުވާން ފެށުމުން، ޑޮކްޓަރުން ވަނީ އެއީ ހަމުގެ މައްސަލައެއް ކަމަށް ދެނެގަނެފައެވެ.
”މޫނުގައި ތަންކޮޅެއް ރަތްވެ ހަލާކުވެފައި ހުރުމުން ޑޮކްޓަރަށް ދެއްކީ ސާރާ ކުޑައިރު. އޭރު ޑޮކްޓަރު ބުނީ އެއީ މައްސަލައެއް ނޫން ކަމަށް. އެއީ ކުޑަކުދިންނަށް ދިމާވާ އާންމުކަމެއް ކަމަށް. އުމުރުން 6 އަހަރު ވީތަނާ ސާރާގެ ގައިގެ އެކިތަންތަން މިހާބޮޑަށް ހަލާކުވާން ފެށީ. ދެން ލޯނެއް ނަގައިގެން ދިޔައީ ރާއްޖެއިން ބޭރަށް އޭރު ލަންކާއިން ބުނީ އެކްޒިމާއަށް ޝައްކުކުރެވޭ ކަމަށް.“. ނަތާޝާ ބުންޏެވެ.

ސާރާގެ މައިންބަފައިން ވަނީ ދެފަހަރެއްގެ މަތިން ރާއްޖެންބޭރަށް ސާރާ ގެންގޮސް ފަރުވާ ހޯދާފައިއެވެ.އާސަންދައިން އެއްފަހަރު ދިން ހުއްދައާއި އެކު ފަރުވާ ހޯދުމަށްފަހުވެސް، ސާރާ ގެ ހާލަތު ދަނީ ގޯސްވަމުންނެވެ.
(ހަމުގެ ބަލިތަކަށް ދޭ ގިނަ ބޭސްތަކަކީ އާސަންދަ ކަވާ ނުކުރާ ބޭސްތައްކަން މިދަނޑިވަޅުގައި ފާހަގަ ކޮއްލަަމެވެ.)
މިހާރުއަނެއްކާވެސް ނޮވެމްބަރު 6 ގައި ފަރުވާއަށް ފުރަން ޖެހިފައިވާއިރު، އާސަންދައިން ކަވާރ ކުރަނީ ީ3 މަސްދުވަހުގެ އިންޖެކްޝަން އެކަންޔެވެ. ނަމަވެސް 6މަހުގެ އެންޓިބަޔޯޓިކް ޑޯޒް ފުރިހަމަ ކުރުމަކީ ކޮންމެހެނެވެސް ސާރާ އަށް މުހިންމު ކަމެކެވެ.
ކުޑަކުޑަ ސާރާ އަކީ ހިތްވަރުގަދަ ކުއްޖެކެވެ. އޭނާ އުންމީދު ކުރަނީ މި ބަލިން ރަނގަޅުވާނެ ދުވަހަކަށެވެ. އިންޑިއާގެ ރާޖާގިރި ހޮސްޕިޓަލުން ސާރާއަށް ބޭނުންވާ އިންޖެކްޝަން ލިބެން ހުރިކަން އެނގުމުން އާއިލާއަށް އުއްމީދުގެ ހުޅުކޮޅެއް މިވަނީ ފެނިފައެވެ. އެހެންކަމުން ސާރާގެ އާއިލާއިން ވަނީ އާންމުންގެ އެހީތެރިކަމަށް އެދިފައެވެ.
ގުޅޭނެ ނަންބަރު: 7923330 އާމިނަތު ނަތާޝާ ގާސިމް (ސާރާގެ މަންމަ)
އެކައުންޓް ނަމްބަރު: ބީއެމްއެލް ދިވެހި: 7730000169663 (އާމިނަތު ނަތާޝާ ގާސިމް)
އެކައުންޓް ނަމްބަރު: ބީއެމްއެލް ޑޮލަރު: 7730000603307 (އާމިނަތު ނަތާޝާ ގާސިމް)
ސާރާގެ ބައްޔާއި ފަރުވާއާއި ބެހޭ ލިޔުންތައް ލިޔުންތައް މި ލިންކަށް ފިއްތާލެއްވުމުން ފެނިގެންދާނެއެވެ.
މީސްތަކުންނަށް އެހީވުމާއި ބެހޭގޮތުން ބައެއް އާޔަތްތަކާއި ޙަދީޘްތައް:
މީސްތަކުންނަށް އެހީތެރިވުމަކީ އަދި މީސްތަކުންގެ ޙާޖަތްތައް ފުއްދައިދިނުމަކީ އިޙުސާންތެރިކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.
(وَأَحْسِنُوا ، إِنَّ اللَّـهَ يُحِبُّ الْمُحْسِنِينَ) سورة البقرة: 195
މާނައީ: ”އަދި ތިޔަބައިމީޙުން އިޙުސާންތެރިވާށެވެ. ހަމަކަށަވަރުން ﷲ އިޙުސާންތެރިވާ މީސްތަކުންދެކެ ލޯބިވެވޮޑިގަންނަވައެވެ.“
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.
(الْمُسْلِمُ أَخُو الْمُسْلِمِ لَا يَظْلِمُهُ وَلَا يُسْلِمُهُ وَمَنْ كَانَ فِي حَاجَةِ أَخِيهِ كَانَ اللَّهُ فِي حَاجَتِهِ) متفق عليه.
(رواه البخاري 6551 و مسلم 2850)
މާނައީ: އެއްމުސްލިމަކީ އަނެއްމުސްލިމްގެ އަޚާއެވެ. އޭނާ (އެމީހެއްގެ އަޚާގެ މައްޗަށް) އަނިޔާވެރިއެއްނުވާނެއެވެ. އަދި އަނިޔާ ލިބެން ދޫނުކުރާނެއެވެ. އެމީހެއްގެ އަޚާގެ ޙާޖަތް ފުއްދުމުގައި ދެމިހުރި މީހާގެ ޙާޖަތުގައި ﷲ ވޮޑިގެންވާނެއެވެ.“
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.
(مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا، نَفَّسَ اللهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَمَنْ يَسَّرَ عَلَى مُعْسِرٍ، يَسَّرَ اللهُ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ، وَمَنْ سَتَرَ مُسْلِمًا، سَتَرَهُ اللهُ فِي الدُّنْيَا وَالْآخِرَةِ، وَاللهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ) رواه مسلم في صحيحه: 2699
މާނައީ: ”އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެމީހަކަށް ޤިޔާމަތްދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާހުއްޓެވެ. އަދި އުނދަގުލެއް ޖެހިފައިވާ މީހާއަށް ފަސޭހަކޮށްދީފިމީހަކަށް، ﷲ އެމީހަކަށް ދުނިޔެމަތީގަޔާއި އާޚިރަތުގައި ފަސޭހަކޮށްދެއްވާނެއެވެ. އަދި މުސްލިމެއްގެ (ޢައިބު ފޮރުވައިދީފިމީހާ)ގެ ޢައިބު، ދުނިޔެއާއި އާޚިރަތުގައި ﷲ އެމީހެއްގެ ޢައިބުފޮރުވައިދެއްވާ ހުއްޓެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަމީހާއަށް އެހީތެރިވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ.“
އަދިވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަށް ބާރުއެޅުއްވުމުގެ ގޮތުން ޙަދީޘްކުރައްވާފައިވެއެވެ.
(أَحَبُّ النَّاسِ إِلَى اللَّهِ تَعَالَى أَنْفَعُهُمْ لِلنَّاسِ ، وَأَحَبُّ الْأَعْمَالِ إِلَى اللَّهِ تَعَالَى سُرُورٌ تُدْخِلُهُ عَلَى مُسْلِمٍ ، أَوْ تَكْشِفُ عَنْهُ كُرْبَةً ، أَوْ تَقْضِي عَنْهُ دَيْنًا ، أَوْ تَطْرُدُ عَنْهُ جُوعًا) رواه الطبراني في المعجم الكبي: 13646 و صححه الألباني.
މާނައީ: ”ﷲތަޢާލާއަށް އެންމެ ލޮބުވެތިވެގެންވަނީ މީސްތަކުންނަށް އެންމެ މަންފާބޮޑު މީހެކެވެ. ﷲއަށް އެންމެ ލޮބުވެތިވެގެންވާ ޢަމަލަކީ މީހަކު މުސްލިމަކަށް ގެނެސްދޭ އުފާވެރިކަމެކެވެ ނުވަތަ މީހެއްގެ ކިބައިން މުޞީބާތް ފިލުވައިދޭ ފިލުވައިދިނުމެވެ. ނުވަތަ ދަރަނި އަދާކޮށްދޭ ކޮށްދިނުމެވެ. ނުވަތަ މީހެއްގެ ކިބައިން ބަނޑުހައިހޫނުކަން ފިލުވައިދޭ ފިލުވައިދިނުމެވެ.“
އަޅުގަނޑުމެން ކޮންމެ މީހަކީ ވެސް އެކަކު އަނެކަކަށް އެހީތެރިވާ ބައެއް ކަމުގައި ލައްވާށިއެވެ. އާމީން!