މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އެއަރ ކޯރގެ ފުރަތަމަ އެއަރ ސްޓޭޝަންގެ ޚިދުމަތް ފެށުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
މި ސްޓޭޝަން ގާއިމުކޮށް ހިދުމަތް ފެށުމަށް ނިިންމަވާފައިވަނީ ރައީސް މުއިއްޒު ނެރުއްވި ގަރާރަކުންނެވެ. އެ ގަރާރުގައިވެސް އަދި އެމްއެންޑީއެފް އިން އެ ސްޓޭޝަން ގާއިމްކުރި ތަނެއް ހާމަކޮށްފައެް ނުވެއެވެ. މި އެއާ ސްޓޭޝަން ގާއިމުކޮށްފައިވަނީ ގާނޫނުއަސާސީގެ ދަށުން، ރައީސަށް ލިބިދޭ އިޚުތިޔާރުގެ ދަށުންނެވެ.
ރައީސް އޮފީހުން ބުނީ ދީނާއި ދިވެހީންގެ މިނިވަންކަމާއި ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު ނަގަހައްޓައި ދެމެހެއްޓުމަށް ޓަކައި ދިވެހިރާއްޖޭގެ ވައިގެ ސަރަޙައްދާއި، ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ބެލެހެއްޓުމަށާއި، ދިވެހިރާއްޖޭގެ ސަރަޙައްދުގައި ވައިގެ ވަސީލަތްތައް ބޭނުންކޮށްގެން ހިންގަންޖެހޭ އޮޕަރޭޝަންތައް ހިންގުމަށާއި، ރެޔާއި ދުވާލު ސައުވީސްގަޑިއިރު ހުއްޓުމެއްނެތި ދިވެހިރާއްޖޭގެ ވައިގެ ސަރަހައްދު ދިފާޢުކޮށް ބެލެހެއްޓުމަށް މި ޤަރާރުން ސިފައިންނަށް އަމުރުކޮށްފައިވާ ކަމަށެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އެއާ ކޯ އުފެއްދީ މިިދިޔަ އަހަރު މާރިޗު މަހުގައެވެ.