ރ. ވާދޫ ކައުންސިލްގެ 18 ޖޫން 2025 ވަނަ ދުވަހުގެ އިޢުލާނުގައި ކަނޑައެޅުނު ތާރީޚުގައި ފުޓްސަލް މުބާރާތް ބޭއްވިފައިނުވާތީ، އެ އިޢުލާން ބާތިލްކޮށް ރ. ވާދޫ ފުޓްސަލް ކަޕްގައި ބައިވެރިވުމަށް އަލުން އިޢުލާން ކޮށްފިއެވެ.

ވާދޫ ކައުންސިލުން މިކަމާ ގުޅިގެން ކުރި އިޢުލާންގައިވަނީ އަންނަނިވި ފަދައިންނެވެ.

މި ކައުންސިލްގެ ނަންބަރު (ޅ)299/299/2025/27 (18 ޖޫން 2025) އިޢުލާނުގައި ކަނޑައެޅުނު ތާރީޚުގައި ފުޓްސަލް މުބާރާތް ބޭއްވިފައިނުވާތީ، އެ އިޢުލާން ބާތިލްކޮށް ރ.ވާދޫ ފުޓްސަލް ކަޕްގައި ބައިވެރިވުމަށް އަލުން އިޢުލާން ކުރީމެވެ.

މިކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ފުޓްސަލް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ. މުބާރާތް އޮންނާނީ، 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހުގައެވެ. މި މުބާރާތުގެ ޤަވާއިދާއި ބައިވެރިވުމަށް އެދޭ ފޯމު މި އިޢުލާނާއިއެކު އާއްމުކުރެވިފައިވާނެއެވެ.

ވީމާ، މި މުބާރާތުގައި ބައިވެރިވެލައްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2025 ނޮވެމްބަރު 20 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން ”ރ.ވާދޫ ކައުންސިލް ފުޓްސަލްކަޕް ގައި ބައިވެރިވުމަށް އެދޭ ފޯމު“ ފުރިހަމަކުރެއްވުމަށްފަހު، މިއިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. ފޯމު މެއިލް ކުރައްވާނަމަ، ލިބުނުކަން ކަށަވަރު ކުރުމަކީ، ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

މިއިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތެއް ހޯއްދެވުމަށް ބޭނުންފުޅުވެލައްވާނަމަ، މިއިދާރާގެ ނަންބަރު 4000299 ފޯނާއި ގުޅުއްވުން އެދެމެވެ.

މިދިޔަ އަހަރު މިމުބާރާތް ބޭއްވީ ރ. ވާދޫ ކައުންސިލް ފުޓްސަލް ކަޕް 2024 މިނަމުގައެވެ.