އަލަށް އެކުލަވައިލެވުނު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން (އެމްއެމްބީސީ) އިން ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ނޫސް މަޖައްލާތަކުގެ ދަފްތަރު މިއަދު ވަނީ ޝާއިޢުކޮށްފައެވެ. މި ދަފްތަރުގައި ޖުމްލަ ހިމެނޭކަމަށް އެ ކޮމިޝަނުން ހާމަކުރެއެވެ.

އެމްއެމްބީސީން ޢާންމުކުރި އިޢުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، އެ ކޮމިޝަނުގެ ޤާނޫނުގެ ދަށުން، ކޮމިޝަން ވުޖޫދަށް އައިތާ 45 ދުވަހުގެ ތެރޭގައި މި ދަފްތަރު އެކުލަވައިލައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަން ޖެހެއެވެ. ވީމާ، އެ ގޮތުގެ މަތީން މިހާރު ވަނީ ދަފްތަރު ޢާންމުކޮށް، ޤާނޫނީ ޒިންމާ އަދާކޮށްފައެވެ.

މީޑިއާ ކޮމިޝަނުން ބުނީ، ރަޖިސްޓްރީކޮށްފައިވާ މީޑިއާއެއް ދަފްތަރުގައި ނެތް ނަމަ، ކުރިއަށް އޮތް 7 ދުވަހުގެ ތެރޭގައި ލިޔުމުން ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު އެބައޮތް ކަމަށެވެ. ޝަކުވާ ހުށަހެޅުމަށްޓަކައި ކޮމިޝަނުގެ މެއިލް (info@mmbc.gov.mv) ނުވަތަ ފޯން ނަންބަރު (3003995) އަށް ގުޅައިގެން މަޢުލޫމާތު ސާފުކުރެވޭނެއެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން ވުޖޫދަށް ގެނެސްފައިވަނީ އެ ނަމުގައި އާ ޤާނޫނެއް އެކުލަވައިލެވުމާ ގުޅިގެންނެވެ. މި ކޮމިޝަނުގައި ހިމެނެނީ ރައްޔިތުންގެ މަޖިލިހުން ކަނޑައަޅާ 3 މެންބަރަކާއި، މީޑިއާތަކުން އިންތިޚާބުކުރާ 4 މެންބަރެކެވެ. އާ ޤާނޫނާ އެކު، މީގެ ކުރިން ނޫސް މަޖައްލާތައް ރަޖިސްޓްރީކޮށްދެމުން ދިޔަ ޒުވާނުން ބާރުވެރިކުރުވުމާ ބެހޭ ވުޒާރާގެ ބަދަލުގައި، މިހާރު އެ މަސައްކަތް ކުރާނީ މީޑިއާ ކޮމިޝަނުންނެވެ.