އަންހެނުންނާއި އަންހެން ކުދިން ބާރުވެރިކޮށް، ރައްކާތެރި މާހައުލެއް އެންމެން ވެސް ގާއިމްކޮށްދެން ޖެހޭ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ބައިނަލް އަގްވާމީ އަންހެނުންނަށް ކުރާ އަނިޔާ ނައްތާލުމަށް ފާހަގަކުރާ ދުވަހާއި ގުޅިގެން ސޯޝަލްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. ރައީސް ވިދާޅުވީ ކޮންމެ އަންހެނަކާއި އަންހެން ކުއްޖަކުވެސް ހުރިހާ ބާވަތެއްގެ އަނިޔާވެރިކަމުން ރައްކާތެރިކުރުމަށް ސާބިތުކަންމަތީ ދެމިތިބޭނެ ކަމަށެވެ.
“އެންމެންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭ މުޖުތަމަޢެއް ބިނާކުރުމަކީ އަޅުގަނޑުމެންގެ ޒިންމާއެއް.” ރައީސްގެ ޕޯސްޓްގައި ވިދާޅުވެފައިވެއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ޓެކްނޮލޮޖީގެ ޒަރީއާއިން އޮންލައިންކޮށް އުނދަގޫކުރުމާއި، ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ނުރައްކާތައް އިތުރުވެފައިވާ ކަމަށެވެ. އަދި ޓެކްނޮލޮޖީގެ އެހީގައި އަންހެނުން ކުުރިއަރުވައި، އެންމެން ގުޅިގެން މުޖުތަމައުގައި ރައްކާތެރި މާހައުލެއް ގާއިމްކުރުމަށް ރައީސް ވަނީ ގޮވާލައްވާފައެވެ.