ދެމޫސުން ބެދޭ ދުވަސްވަރު ކަމުން، ކުރިއަށް އޮތް ދުވަސްތަކުގައި މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ – މެޓް އޮފީހުން ބުނެފިއެވެ.

މެޓު އޮފީހުގެ މީޓްރޮލޮޖިސްޓަކު ވިދާޅުވީ މާދަމާއިން ފެށިގެން ރާއްޖޭގެ ގިނަ ސަރަހައްދުތަކަކަށް މޫސުން ގޯސްވެ ވައިގަދަ ވާނެ ކަމަށެވެ. އަދި އަންގާރަ ދުވަހުން ފެށިގެން ބޯކޮށް ވާރޭ ވެހުމާއެކު ކަނޑުތައް ގަދަވާނެކަމަށް މެޓް އޮފީހުން ބުނެއެވެ.

މީގެ އިތުރުން، ކުރިއަށް އޮތް ހަފްތާގައި ވެސް ބޯކޮށް ވާރޭވެހި މުޅި ރާއްޖެއަށް ވިއްސާރަކުރާނެކަމަށް މެޓް އޮފީހުން މައުލޫމާތު ދެއެވެ. އަދި އަންގާރަ ދުވަހުން ފެށިގެން ދަތުރުފަތުރު ކުރަން ދަތިވާވަރަށް ކަނޑުތައް ގަދަވާނެކަމަށް ވެސް މެޓު އޮފީހުން ބުނެއެވެ

ވިއްސާރަ ދުވަސްވަރު ކަނޑުދަތުރުފަތުރުކުރުމުގައި ރައްކާތެރިވުމަށް މެޓް އޮފީހުން އަބަދުވެސް އިލްތިމާސްކުރެއެވެ.

މިހިނގާ ހުޅަނގު މޫސުން ނިމި، އިރުވައި މޫސުމުގެ ފުރަތަމަ ނަކަތް ފެށޭނީ ޑިސެންބަރު 1 ވަނަ ދުވަހުއެވެ.