އެމް.އެން.ޔޫ.އެސް.ޔޫ 14 ވަނަ ދައުރުގެ ހިންގާ ކޮމެޓީގެ ސެކްރެޓަރީއަކަށް ރ. އަލިފުށްޓަށް ނިސްބަތްވާ ޒުވާނެއް އައްޔަންކޮށްފިއެވެ. އެ މަގާމަށް އައްޔަންކުރީ ޢަބްދު ﷲ ދިނާހް އަހުމަދު ވެނީލާ/ ރ. އަލިފުށިއެވެ.
ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) ގެ 14 ވަނަ ދައުރުގެ ހިންގާ ކޮމެޓީ އިފްތިތާހުކޮށްދެއްވީ ގައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒް އާދަމްއެވެ.
ޑިސެމްބަރު 4 ވީ ބުރާސްފަތި ދުވަހުގެރޭ ކުރިއަށްދިޔަ އެމް.އެން.ޔޫ.އެސް.ޔޫ އަހަރީ އާންމު ޖަލްސާގައި ވައިސް ޗާންސެލަރގެ ޝެހެނާޒްގެ އިތުރުން، ޑެޕިއުޓީ ވައިސް ޗާންސެލަރ ޑރ. އަލީ ފަވާޒް ޝަރީފްގެ އިތުރުން ފެކަލްޓީތަކުގެ ޑީނުން، އެމް.އެން.ޔޫ.އެސް.ޔޫގެ ކުރީގެ ރައީސުން އަދި ކުރީގެ ހިންގާ ކޮމެޓީ ތަކުގެ މެމްބަރުގެ އިތުރުން ޔޫނިއަންގެ އިސްވާރުން ވަނީ ބައިވެރިވެފައެވެ.
އެމް.އެން.ޔޫ.އެސް.ޔޫ 14 ވަނަ ދައުރުގެ ހިންގާ ކޮމެޓީ:
ރައީސް: މުހައްމަދު އަޔާޝް އަލީ
ނައިބު ރައީސް (އިލްމީ): އައިމިނަތު އާޔާ އިގްބާލް
ނައިބު ރައީސް (އިތުރު ހަރަކާތް): އަހުމަދު ސަމީހް
ނައިބު ރައީސް (ގޮފިތައް): މުހައްމަދު ހިޒްޔަމް ހާމިދު
ހަޒާންދާރު: ފާތިމަތު ޖޫލިއާ
ސެކެޓްރީ: ޢަބްދު ﷲ ދިނާހް އަހުމަދު
އެސިސްޓެންޓް ސެކެޓްރީ: އައިޝަތު ޝަދުން ޝަކީލް
މީޑިއާ ކޯޑިނޭޓަރ: ޒާން މުޙައްމަދު ޒުލާލު
މި ރަސްމިއްޔާތުގައި ވަނީ ހިންގާ ކޮމެޓީ އިންތިހާބު ކުރުމުގެ އިތުރުން ޔޫނިއަންގެ ގަވައިދަށް ދެ ބަދަލެއް ގެނައުމަށް ޔޫނިއަން މެމްބަރުގެ ވޯޓާއެކު ފާސްކޮށްފަ އެވެ.