ބޭނުންވާތަކެތި
400 ގ. ކުކުޅު ފައި ހަންގަނޑާއި އެއްކޮށް ހުރިކުޑަކޮށް ޅިޔަ އަޅާފައި
3/1 ސައި ސަމުސާމުގުރި އަސޭމިރުސް
1/2 ސައި ސަމުސާ އޮރެގާނޯ
1 މޭޒުމަތީ ސަމުސާ ލުނބޯހުތް
2/1 ސައި ސަމުސާ ލޮނު
1 ސައި ސަމުސާ ބައި ލޮނުމެދު ޕައުޑަރ
2/1 ސައި ސަމުސާ ޕެޕްރިކާ
1/2 ސައި ސަމުސާ އިނގުރު ޕައުޑަރ
3 ބިސް
1 މޭޒުމަތީ ސަމުސާ ކޯންފްލާރ
1 މޭޒުމަތީ ސަމުސާ ފުށް
( ބޭރުގައި ހޭކުމަށް )
2/1′ ޖޯޑު ކޯންފްލެކްސް
2/1 ސައި ސަމުސާ ލޮނު
200 ގ. ފުށް
50 ގ. ކޯންފްލާރ
2/1 ސައި ސަމުސާ ބޭކިންގ ޕައުޑަރ
2/1 ސައި ސަމުސާ ޕެޕްރިކާ ޕައުޑަރ
2/1 ސައި ސަމުސާ ގާރލިކް ޕައުޑަރ
2/1 ސައި ސަމުސާ މުގުރި އަސޭމިރުސް
2/1 ސައި ސަމުސާ ޖިންޖަރ ޕައުޑަރ
ތެޔޮ
ތައްޔާރުކުރާނެގޮތް
ކުކުޅު ގެތެރެއަށް ލުނބޯހުތް ،ލޮނު، އަސޭމިރުސް، އިނގުރު ލޮނުމެދު ،ޕެޕްރިކާ އޮރެގާނޯ އެއްކޮށްފައި މޮޑެފައި ތަށްޓަކަށް އަޅާފައި މަތި ޖަހާފައި 12 ގަޑި އިރުވަންދެން ފްރިޖްގައި ބަހައްޓާށެވެ.
3 ބިސް ތަށްޓަކަށް އަޅާފައި ލޮނުކޮޅަކާއި މުގުރި އަސޭމިރުސް ކޮޅެއް އަޅާފައި ރަނގަޅަށް ގިރާލާށެވެ .
1 މޭޒުމަތީ ސަމުސާ ކޯންފްލާރ އަދި1 މޭޒުމަތީ ސަމުސާ ފުށް ވެސް އެއްކޮށްފައި ރަނގަޅަށް ގިރާފައި ވަކިން ބަހައްޓާށެވެ.
އެހެން ތަށްޓަކަށް 200 ގ. ފުށް އަޅާފައި ކޮޅު ފިޔަވައި ބޭރުގައި ހޭކުމަށް ހުރި ބައިގެތެރެއިން ކޯންފްލެކްސް ކޮޅާއި ތެޔޮ ފިޔަވައި ބާކީ ހުރި ހުރި ބާވަތްތައް އެއްކޮށްފައި ވަރަށް ކުޑަ ކުޑަ ފެންފޮދެއް ބުރުވާލާށެވެ .
ކޯން ފްލެކްސްކޮޅު ވެސް އަތުން ރާޅު ކޮށް ( އެތި އެތި ކޮޅަށް ) ފުނޑުވާފައި އެއްކޮށްލާށެވެ .
މެރިނޭޓް ކޮށްފައި ހުރު ކުކުޅު ކޮޅު ތަކުގެ ބޭރުގައި ތައްޔާރު ކުރި ފުށް ރަނގަނޅަށް ހާކާފައި ގިރާފައި ހުރި ބިހަށްލާފައި އަނެއްފަހަރު ފުށްކުކުޅު ކޮޅު ތަކުގެ ބޭރުގައި ހާކާލާށެވެ.
ތަވާއުދާލާށެވެ .ތެޔޮ އަޅާފައި ކެކިގަތީމާ ކުކުޅު ފައިތައް ތެލުލާށެވެ.

ނޯޓް: މި ރެސިޕީއަކީ ރާއްޖޭގެ މަޝްހޫރު ކެއްކުންތެރިޔާ ޖުވޭރިޔާ ވަޖުދީ އާންމުކޮށްފައިވާ ގޮތަށް ބަދަލު ނުގެނެސް ވާދޫ ލައިވްއަށް ނަކަލުކޮށްފައިވާ ރެސިޕީއެކެވެ.