2024/2023 ވަނަ ދިރާސީ އަހަރު ރ. އަނގޮޅިތީމު ސްކޫލުން ހުރިހާ ގޮތަކުން އެންމެ ރަނގަޅު ދަރިވަރަކަށް ޢާއިޝަތު ނާޒްނީން ހޮވިއްޖެއެވެ.
މިކަން އިޢުލާންކުރީ އަނގޮޅިތީމު ސްކޫލްގެ 2024/2023 ވަނަ ދިރާސީ އަހަރުގެ އިނާމުދިނުމުގެ ޖަލްސާގައެވެ.
މި ޖަލްސާ ބާއްވާފައި ވަނީ 25 ޖޫން 2025 ވީ ބުދަ ދުވަހުގެ ރޭ، އެ ސްކޫލްގައެވެ.
“ސަޤާފީ‘ ތީމަށް ބޭއްވި މި ޖަލްސާގައި 2023/2024 ވަނަ ދިރާސީ އަހަރުގައި އެކި ގޮތްގޮތުން އަރުތަ ހާސިލުކުރި ދަރިވަރުންނަށް އިނާމު ހަވާލުކުރިއެވެ.
މިގޮތުން ކޮންމެ މާއްދާއަކުން އެންމެ މަތިން މާކްސް ހޯދި ދަރިވަރުންނަށް ސަބްޖެކްޓް ޕްރައިޒް އަދި ކޮންމެ ކުލާހެއްގައި އެންމެ މޮޅު ދަރިވަރުންނަށް ކްލާސްޕްރައިޒް ދީފައިވެއެވެ. މީގެ އިތުރުން އެހެނިހެން ގިންތިތަކުންވެސް އިނާމުތައް ދީފައިވެއެވެ.

މި ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ރ. އުނގޫފާރު ސްކޫލުގެ ޕްރިންސިޕަލް އިބްރާހީމް ނަސީމްއެވެ.
ޖަލީސުންނާ މުހާތަބުކޮށް ވާހަކަދައްކަވަމުން ޕްރިންސިޕަލް އިބްރާހީމް ވަނީ ދަރިވަރުންނަށް އަމާޒުކޮށް އަގުހުރި ނަސޭހަތްޕުޅެއް ދެއްވަައި ކިޔެވުމަށް ބާރުއަޅުއްވައި ހިތްވަރުދެއްވާފައެވެ.
މި ޖަލްސާގައި، އަވައްޓެރި ސްކޫލުތަކުގެ ޕްރިންސިޕަލުންގެ އިތުރުން، އިފުރު އައިލެންޑް ރިސޯޓުގެ އިސް މުވައްޒަފުންނާއި ރ. އަތޮޅު ކައުންސިލުގެ ރައީސް ހުސަައިން ނާސިފް ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި އަނގޮޅިތީމުގެ މުއައްސަސާތަކުގެ އިސްވެެރިންނާއި ގިނަ އަދަދެއްގެ ރައްޔިތުންނާއި، ސުކޫލުގެ ބެލެނިވެރިން ވެސް ވަނީ ބައިވެރިވެފައިވެއެވެ.
މި އަހަރުގެ ބެސްޓް އޯލް ރައުންޑަރއަކީ ރ. އަނގޮޅިތީމް، ގުރީންލައިޓުގެއަށް ނިސްބަތްވާ ޒުވާނެކެވެ.
