ރ. ފައިނުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވެގެން މާލެ ގެނައި ދެ ކުދިން ވެންޓިލޭޓަރުން ނަގާފައިވާ ކަމަށާއި އެކަމަކު ޓީޗަރަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އެކްސިޑެންޓް ހިނގީ 18 އަަހަރުން ދަށުގެ ކުއްޖަކާއި ފައިނު ސްކޫލުގެ ދަރިވަރަކު ދުއްވި ސައިކަލަކުން، ކަސްރަތަށް މަގުމަތީގައި ހިނގަން އުޅުނު ރަށު ސްކޫލުގެ ޕްރިންސިޕަލާއި ޓީޗަރެއްގެ ގައިގައި ޖެހިގެންނެވެ.
ފައިނު ސިއްހީ މަރުކަޒުގައި އެ ހަތަރު މީހުންނަށް ފަރުވާދިނުމަށް ފަހު އެންމެ ފުރަތަމަ ގެންދިޔައީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށެެވެ.
އެކަމަކު ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އޭގެ ތެރެއިން ތިން މީހަކު އިތުރު ފަރުވާއަށް މާލެ ގެނައެވެ.
އައިޖީއެމްޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އައިސީޔޫގައި ވެންޓިލޭޓަރުގައި ފަރުވާދެމުންދިޔަ އުމުރުން 14 އަހަރާއި 16 އަހަރުގެ ދެ ކުދިން ވެންޓިލޭޓަރުން ނަގާފައިވާކަމަށެވެ. އެހެންނަމަވެސް އެކުދިންނަށް އަދިވެސް ފަރުވާދެމުން އަންނަނީ އައިސީޔޫގައިކަމަށްށެވެ.
މީގެ އިތުރުން، އިތުރު ފަރުވާއަށް މާލެ ގެނައި 49 އަހަރުގެ މީހާ އަދިވެސް އޮތީ ވެންޓިލޭޓަރުގައިކަމަށްވެސް އައިޖީއެމްއެޗުގް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
އެއްވެސް މީހަކަށް ލިބިފައިވާ އަނިޔާގެ ތަފްޞީލެއް މީޑިއާ އޮފިޝަލް ވިދާޅެއް ނުވެއެވެ.
