އުރީދޫ މޯލްޑިވްސްގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން އުރީދޫގެ އެމްބެސަޑަރު އަދި މަޝްހޫރު ބޮޑުބެރު ބޭންޑް ކަމަށްވާ ހަބޭސް ބޮޑުބެރާއެކު ހަތަރު ހަފުތާގެ ހާއްސަ ބޮޑުބެރު ކްލާހެއް ހިންގުމަށް ތައްޔާރުވެއްޖެއެވެ.
އުރީދޫން ވިދާޅުވީ، މި އެކްސްކްލޫސިވް ޕްރޮގްރާމުގެ މަގްސަދަކީ ހަބޭސް ބޮޑުބެރުގެ ހުނަރުވެރި އިރުޝާދުގެ ދަށުން ދިވެހި ސަގާފަތުގެ މުއްސަނދި އަދު ތަރިކައެއް ކަމަށްވާ ބޮޑުބެރުގެ ވައްޓަފާޅު ބައިވެރިންނަށް ދަސްކޮށްދިނުން ކަމަށެވެ.
މިގޮތުން ކްލާސްތައް ބާއްވާން ނިންމާފައި ވަނީ އޮގަސްޓް 16، 23، 30 އަދި 6 ސެޕްޓެމްބަރު ހައެއްވާ (ހޮނިހިރު ދުވަހު)ގެ ރޭގަނޑު 8:00 – 11:00 އަށެެވެ.
މި ކްލާސްތައް އޮންނާނީ އުރީދޫ މޯލްޑިވްސް ހެޑްކުއާޓާސް، ހަތަރު ވަނަ ފަންގިފިލާގައެވެ.
މި ކްލާސްތަކުގައި 18 އަހަރުން މަތީގެ މީހުންނަށް ބައިވެރިވެވޭއިރު، ބައިވެރި ވެވޭނީ ގިނަވެގެން 20 މީހަކަށެެވެ
މި ކްލާހުގެ ބައިވެރިންގެ އަތުން އެއްވެސް ފީއެއް ނުނެގޭނެއެވެ. އަދި ބައިވެރިވެވޭނީ ރަޖިސްޓަރ ކުރާ އެންމެ ފުރަތަމް 20 ބައިވެރިންނަށެވެ.ރަޖިސްޓްރީވުމުގެ މުއަދަތު ހަމަވާނީ އޮގަސްޓް 16 ދުވަހުގެ 23:59 ގައެވެ.
އުރީދޫން ވިދާޅުވީ، ބައިވެރިންނާއި މުއާމަލާތް ކުރެވޭނީރަޖިސްޓްރީކުރުމަށް ބޭނުންކުރެވޭ ފޯން ނަންބަރު ނުވަތަ އީމެއިލް މެދުވެރިކޮށް ކަަމަށެވެ.
އުރީދޫ ރާއްޖޭގެ މުވާސަލާތީ ޚިދުމަތް ދެމުންދާތާ 20 އަހަރު ފާހަގަކުރަމުންދާއިރު، މި ބޮޑުބެރު ކުލާހަކީ އުރީދޫއިން ދިވެހި ތަރިކައަށް އަދި ދިވެހިވަންތަ ކަންކަން ކުރިއެރުވުމަށްދޭ އަހަންމިއްޔަތު ފާހަގަ ކުރެވޭ ކަމެކެވެ. އަޅުގަނޑުމެންގެ ބްރޭންޑް އެމްބެސެޑަރު ހަބޭސް ބޮޑުބެރުއާ ގުޅިގެން ކަސްޓަމަރުންނާއި މުޖުތަމައުއަށް މި އަގުހުރި ތަޖުރިބާ ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ.
މި ކްލާހަށް ރަޖިސްޓާ ވުމަށް މި ލިންކަށް ފިއްތައިގެން ކުރިއަށް ދެވޭނެއެވެ.
